އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިއަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

އަބްދުﷲ ޝާހިދު

އަބްދުﷲ ޝާހިދަށް ދައުލަތުން ހާއްސަ ޝަރަފެއް އަރުވަނީ

6 އޮކްޓޯބަރު 2021

އދ. ގެ އާންމު މަޖިލީހުުގެ ރައީސް އަަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ ފަރާތުން ހާއްސަ ޝަރަފެއް އަރުވަން ނިންމައިފި އެވެ.

ވަނީ ކިހިނެއް؟ - ސަރުކާރުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ޔަގީންކޮށްދެއްވި ގޮތުގައި މިއަދު ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގެންނެވި އަބްދުﷲ ޝާހިދުގެ ދަތުރުގެ ތެރެއިން ހާއްސަ ޝަރަފެއް އެމަނިކުފާނަށް އެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފަ އެވެ. 

އެހެން ނަމަވެސް އެ ޝަރަފަކީ ކޮބައި ކަމާއި އެ ޝަރަފު އަރުވަނީ ކޮންއިރަކު ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

އެނގުން މުހިންމު - އެ ޝަރަފާ ގުޅޭ ގޮތުން މާބޮޑު ތަފްސީލުތަކެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް ގައުމީ އިނާމު ދިނުމުގެ ހަފްލާ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި ޝާހިދަށް ޝަރަފު އަރުވާނީ އެ ހަފްލާގަ އެވެ.

ގުޅޭ ވާހަކަތަކެއް - ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައް ދައުވަތު އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހުން ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް