ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓަކަށް އައްޔަން ކުރި ސަފާތު އަހުމަދު ޒާހިރު (ދައުރު ފޮޓޯ)
މިއުވާން އިސްތިއުފާ ދެއްވައިފި، ފޮރިން މިނިސްޓްރީއަށް ސަފާތު
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ބައިގައި އިސްކޮށް ހުންނެވި މުހައްމަދު މިއުވާން އެ މަގާމުން އިސްތިއުފާ ދެއްވުމުން، އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓްގެ މަގާމަށް ސަފާތު މުހައްމަދު ޒާހިރު މިއަދު އައްޔަންކޮށްފި އެވެ.
ބުނީ ކީކޭ؟ - ރައީސް އޮފީހުން ބުނީ ސަފާތު އެމަގާމަށް ހަމަޖެއްސީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
ތަފުސީލް: ސަފާތުއަކީ އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދަައިދެން މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ މި އަހަރު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވެސް ވާދަކުރައްވައިފަ އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ މަޖިލިހުގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
ސަފާތު ކުރުކޮށް
-
މަތީ ތައުލީމު ހާސިލުކުރެއްވީ މޮނާޝް ޔުނިވާސިޓީއިން ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން
-
ޔުނިވާސިޓީ އޮފް ނޮޓިންހަމްގައި ފައިނޭންސް އެންޑް އިންވެސްޓްމެންޓުގެ ދާއިރާއިން މާސްޓާސް ހެއްދެވި
-
ވިމެން އިން ޑިމޮކްރެސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް
-
މީގެ ކުރިން ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވި
-
ފައިނޭންޝަލް އެނަލިސްޓެއްގެ ގޮތުގައި އަދި ބިޒްނަސް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި
ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކުރެއްވި ނޫސްވެރިޔާ މިއުވާން އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އާ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމު ޝާހިދަށް ލިބިވަޑައިގަތުމާ އެކު މިއުވާން ވަނީ ނޫސްވެރިކަން ދޫކުރައްވައި، ފޮރިން މިނިސްޓްރީގައި މަސައްކަތް ފައްޓަވައިފަ އެވެ.
އިތުރަށް ކިޔާލަން:
ކޮމެންޓް (1)
ޙަސީނާ