ކްރިމިނަލް ކޯޓު: ކޯޓުން ގާޒީއަކު ހޯދަނީ އެ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ދީބަނާޒު ފަހުމީ ހައި ކޯޓަށް އައްޔަން ކުރުމުން. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 8 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުން ގާޒީއަކު ހޯދަނީ އެ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ދީބަނާޒު ފަހުމީ ހައި ކޯޓަށް އައްޔަން ކުރުމުން
10 އޯގަސްޓު 2022

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެެވެ.

ބުނީ ކީކޭ؟ - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިރޭ ބުނި ގޮތުގައި، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން މިދިޔަ މަހުގެ 7ގައި އެ ކޮމިޝަނުން ކުރި އިއުލާނުގެ މުއްދަތު މިއަދަށް ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ އަށް ބޭފުޅުންނެވެ.

އެ ބޭފުޅުންނަކީ:

  • އުއްމުކުލްސޫމް އަބޫބަކުރު (ރަނައުރާގެ، ބ. ހިތާދޫ)

  • އިބްރާހީމް އިހުސާން (އެށެވެލި، ސ. މަރަދޫ)

  • އާމިނަތު އަޒްލިފާ (ގުލާބީގެ، ރ. ރަސްގެތީމު)

  • މުހައްމަދު އާސިރު (ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫ)

  • ސުލައިމާން މުހައްމަދު (ނޫރާނީގެ، ޅ. ކުރެންދޫ)

  • ރުޝްދުﷲ އިބްރާހީމް (ޖަވާހިރުމާގެ، ބ. މާޅޮސް)

  • އަމްޖަދު އަބްދުލްގަނީ (ސޯސަންމާގެ، ފ. ބިލެތްދޫ)

  • ސިޔާމާ މުހައްމަދު (ދަފްތަރު ނަންބަރު ރސ 13194 މާލެ)

އެނގުން މުހިންމު - ކްރިމިނަލް ކޯޓުން ގާޒީއަކު ހޯދަން އިއުލާނު ކުރީ އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ދީބަނާޒު ފަހުމީ ހައި ކޯޓަށް އައްޔަން ކުރުމާ ގުޅިގެންނެވެ. ދީބަނާޒު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ އިއްޔެ އެވެ.

ދީބަނާޒު ހައި ކޯޓަށް އައްޔަން ކުރީ، އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުން އޭނާ ކުރިމަތިލައްވައިގެން ހޮވިވަޑައިގަތުމުންނެވެ.






އިތުރު އާޓިކަލް

އިތުރު އާޓިކަލް