ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މަންކީޕޮކްސް ޕީސީއާރު ޓެސްޓު ކިޓުތަކެއް ހަދިޔާކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ހެލްތު މިނިސްޓްރީ)

މަންކީޕޮކްސް

ޑަބްލިއުއެޗްއޯއިން މަންކީޕޮކްސްގެ 250 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާކޮށްފި

ހެލްތު މިނިސްޓްރީން ބުނީ ކައިރި މުސްތަގްބަލެއްގައި އިތުރު ޓެސްޓު ކިޓުތައް ވެސް ލިބޭނެ ކަމަށް

މަންކީޕޮކްސްއަށް ޓެސްޓު ކުރެވޭ 250 ޕީސީއާރު ކިޓު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ ޓެސްޓު ކިޓުތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.

ބުނީ ކީކޭ؟ - ހެލްތު މިނިސްޓްރީން ބުނީ މަންކީޕޮކްސް ކަމަށް ޝައްކުކުރެވޭ ކޭސްތައް ރާއްޖެއިން ޓެސްޓުކުރަމުން އަންނަ ކަމަށާއި ކޭސް އިންވެސްޓިގޭޝަން ކުރިއަށްގެންދިއުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.

މިނިސްޓްރީން ބުނީ:

  • އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަ ކަމަށް؛ ކައިރި މުސްތަގްބަލެއްގައި އިތުރު ކިޓުތައް ލިބޭނެ

  • ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު، ރާއްޖޭގެ ބޮޑެތި ލެބޯޓްރީތަކުގެ މުވައްޒަފުންނަށް މަންކީޕޮކްސް ޕީސީއާރުގެ ތަމްރީނު ފޯރުކޮށްދޭން މާދަމާ ފަށާނެ

  • އެ ތަމްރީނުތައް ކުރިއަށް ގެންދާ މުއްދަތު ނުބުނި ނަމަވެސް، މިނިސްޓްރީން ބުނި ގޮތުގައި އެ ކިޓުތަކުގެ އެހީގައި މަންކީޕޮކްސްއަށް ޓެސްޓު ކުރަން ފެށޭނީ އެ ތަމްރީނުތައް ނިމުމުން

އެނގުން މުހިއްމު - މަންކީޕޮކްސް އައުޓްބުރޭކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ މިންވަރަށް ފެތުރެމުންދާ، އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ. މަންކީޕޮކްސް ބަލި ރާއްޖެއަށް ވެސް އައުމުގެ ފުރުސަތު އޮތުމުން، އެޗްޕީއޭ އިން ވަނީ ދުނިޔޭގައި މި ބަލި ފެތުރެމުންދާ ގޮތް މޮނީޓާކޮށް، ބައްޔަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކުރަމުން އަންނަ މަސައްކަތްތަކަކީ:

  • މަންކީޕޮކްސްއަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުން

  • ޓެސްޓު ކުރެވޭނެ ގޮތް ގާއިމުކުރުން

  • ސާވެއިލެންސް ހަރުދަނާކުރުން

  • ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުން

  • ވެކްސިނާއި ބޭސް ލިބޭނެ ގޮތް ބެލުން

މަންކީޕޮކްސްގެ އަލާމާތްތައް:

  • ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން އަދި ގޮށްލުން

  • ހަމުގައިި ބިހި ނެގުން (މި އައުޓްބްރޭކުގައި ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް އަދި އަނގައިގެ ވަށައިގެން ބިހި ނެގުން)

  • ހަމުގައިި ބިހި ނެގުން (މި އައުޓްބްރޭކުގައި ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް އަދި އަނގައިގެ ވަށައިގެން ބިހި ނެގުން)

  • ހުން އައުން ފަދަ އަލާމާތްތަކުން ފެށިގެން ގޮސް ބިހި ނަގައި ކުރަލާ އަދި ކުރައިގެ ދަށުން އާ ހަން އުފެދި ކުރަ ވެއްޓުމާ ހަމައަށް ވެސް ބަލިމީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް