ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސްގެ ބިންގާ މިއަދު އަޅަނީ. (ފޮޓޯ/ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް)

ކުޑަކުދިންނަށް ހާއްސަކޮށް ހޯރަފުށީގައި ހަދާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި

ހޯރަފުށީ ހާފްވޭ ހައުސް އިމާރާތްކޮށް ނިންމަން އެމްޓީސީސީއަށް ދީފައިވަނީ 150 ދުވަހުގެ މުއްދަތެއް

ހއ. ހޯރަފުށީގައި އިމާރާތްކުރާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ހާފްވޭ ހައުސްގެ ބިންގާ މިއަދު އަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި އަލަށް އިމާރާތްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. 

ބުނީ ކީކޭ؟ - ބިންގާ އަޅުއްވައިދެއްވުމަށް ފަހު މިނިސްޓަރު އިމްރާން ވިދާޅުވީ ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް އެ ތަނުގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ހާފްވޭ ހައުސްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ. (ފޮޓޯ/ހޯމް މިނިސްޓްރީ)

ތަފްސީލު - މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 150 ދުވަސް ނުވަތަ ގާތްގަނޑަކަށް ފަސް މަސްދުވަހެވެ.

އެނގުން މުހިންމު - ހޯރަފުށީގައި މިއަދު ބިންގާ އެޅި ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް އެ ކުދިން ބޭތިއްބުމަށް ހަދާ މަރުކަޒެކެވެ.

ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނުކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް