'3ޑީ ބައިޓްސް'ގެ ގޮތުގައި ބައިޓްސް ބިސްޓްރޯ އިން ލިބެންހުރި ލުއިކާނާ

ފުޑް

ފުޑް ޓްރެންޑް: 3ޑީ ޗީޒް ބައިޓްސް ރަހަބަލާލަން ސަޅި

ބައިޓް ބިސްޓްރޯ އިން ތަައާރަފުކޮށްފައިވާ މި ލުއިކާނާ އަންނަނީ ވައިގައި ހިފަމުން
31 ޑިސެމްބަރު 2025
1

'ތުރީޑީ ޗީޒް ބައިޓްސް'އޭ ބުނީމާ ހިތަށް އަރާފާނެ އެވެ. މިއީ ކޯއްޗެއް ހެއްޔެވެ؟ ހަމަ ގައިމު ވެސް ތަފާތު އެއްޗެއްކަން ނަމުން ވެސް ހާމަވެ އެވެ. މިއީ ލުއިކާނާއެއް ގޮތަށް  ކާލަން ފައްކާ އެއްޗެކެވެ.

މާލޭގައި ހުންނަ ބައިޓް ބިސްޓްރޯގެ މި އުފެއްދުމަކީ ޕާނީ ޕޫރީއެކޭ އެއްގޮތަށް ޝެލްއެއްގައި ހަދާފައި ހުންނަ ކެއުމެކެވެ. ފުރަތަމަ ބަލާލާ މީހަކަށް މިއީ ޕާނީ ޕޫރީ، ނުވަތަ ހަނޑޫ ގުޅައެއްހެން ވެސް ހީވެދާނެ އެވެ.

އެކަމަކު މި ލުއިކާނާ ތަފާތެވެ. މީގައި ޕާނީ ޕޫރީ ޝެލްގެ އެތެރެއަށް އަޅާފައި ހުންނަނީ މީރުކޮށްފައިވާ މަހާއި ލެޓިއުސް ފަތެވެ. އަދި މި ކެފޭ އިން ހާއްސަކޮށް ހަދާފައިވާ ކުޅިކުޅި ސޯސްއެކެވެ. އެއަށް ފަހު ޝެލްގެ މައްޗަށް ވިރުވާލާފައިވާ ޗީޒެވެ.

އަނގަޔަށް ލުމުން މުރަނަ އެވެ. ފައިދާހުރި ބާވަތްތައް އެކުލެވޭ މިންވަރަށް ބަލާއިރު ޕާނީ ޕޫރީއަށް ވުރެ މުއްސަންޖެވެ. އެއް ޕޯޝަންގައި ހިމެނެނީ މީގެ 5-6 ބައިޓްސް އެވެ.

ބައިޓް ބިސްޓްރޯ އިން ބުނާ ގޮތުގައި މި ކެއުން އަންނަނީ ވައިގައި ހިފަމުންނެވެ. ބައެއް މީހުން އިތުރަށް ކުޅިކޮށްލަން ސޯސްގައި ޖަހައިގެން ކަޔެވެ. ބައިބަޔަށް ރައްޓެހިންނާ އެކު މީތި ކާލަން އެތަނަށް ޒުވާނުން ދެ އެވެ.

މި ޑިޝް އެ ކެފޭއަށް ތައާރަފުވީ ތަފާތު އެއްޗެއް ގެނެސްދިނުމަށް ހެދި އެކްސްޕެރިމެންޓެއްގެ ތެރެއިންނެވެ. އެއާ އެކު ކެފޭގެ ނަމާ ގުޅުވާލައިގެން 3ޑީ ޗީޒް ބައިޓްސްގެ ނަން ދިނީ އެވެ.

3ޑީ ޗީޒް ބައިޓްސް: ބައިޓް ބިސްޓްރޯއަށް ދާ ޒުވާނުން ކޮންމެހެންވެސް އަޖުމަބަލާލާ އެއްޗެއް

"ކޮންމެ މީހަކު ވެސް ބުނަނީ މިއީ ތަފާތު ސްނެކެކޭ،" ބައިޓް ބިސްޓްރޯއިން މި ޑިޝްއާ ގުޅޭ ގޮތުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އަލަށް އެ ކެފޭއަށް ދާ މީހުން މެނޫ ބަލާލާފައި އެއީ ކޯއްޗެއްތޯ ސުވާލުކޮށްލަ އެވެ. އަދި ރަހަބަލާލަން ބޭނުންވެ، އޯޑަރުދެ އެވެ. އަނެއް ބަޔަކީ ސީދާ މީތި ކެއުމަށް އެތަނަށް ދާ މީހުންނެވެ. ގިނަ ކަސްޓަމަރުން މި ޑިޝް ހީކުރި ގޮޮތާ މުޅިން ތަފާތު ކަމަށް ބުނެ އެވެ.

ތުރީޑީ ޗީޒް ބައިޓްސްގެ ރަހަ ރަނގަޅުވެފައި ޖީބަށް ލުޔެވެ. އަދި ހަށިގަނޑަށް މާ ބަރުނޫންކޮށް މީރު ކުޅި އެއްޗެއް ކާލަން ބޭނުން ނަމަ މި ޑިޝް އެއްވަނަ އެވެ.

ކޮމެންޓް (1)

އަސްލަފާ

31 ޑިސެމްބަރު 2025
އަސްލުވެސް ވަރަށް މީރު!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް