ކޯލްޑްޕްލޭ ޝޯއެއްގައި އެމެރިކާގެ ޓެކް ކުންފުންޏެއްގެ ސީއީއޯ އެންޑީ ބައިރޮން އާއި އެ ކުންފުނީގެ ހިއުމަން ރިސޯސްގެ އިސް ވެރިއެއް ކަމަށްވާ ކްރިސްޓިން ކެބޮޓް ބައްދާލައިގެން ހުއްޓާ ޝޯގެ ސްކްރީނަށް އަރާފައި

ކޯލްޑްޕްލޭ

ވަގު އަނބިން/ފިރިން ގެންގުޅެންޏާ މިހެން ދިމާވެދާނެ، ވިސްނާލާތި

ކޯލްޑްޕްލޭ ޝޯއެއްގެ ތެރޭގައި ރަހަ ތަފާތުކޮށްލަން ބެލުންތެރިންގެ ތެރެއިން ބަޔަކަށް ކެމެރާ އަމާޒުކޮށްލި ވަގުތު ފެނުނީ ލޯބިން އެކަކަކު އަނެކަކުގެ ގައިގައި ހިފަހައްޓަލައިގެން ތިބި ދެ މީހަކު. އެ މަންޒަރު މި އޮތީ ދުނިޔޭގެ ސަމާލުކަމަށް އައިސް
19 ޖުލައި 2025
4

ބޭވަފާތެރިވުމަކީ އިންސާނާގެ ސިފައެއްދޯ އެވެ. އެކަމަކު އެކަން ފަޅާއަަރައިފި ނަމަ އާއިލާއަށާއި ގާތް މީހުންގެ އިތުރުން ތިމާމެން ނިސްބަތްވާ އޮފީސް/ކުންފުނިތަކަށް ވެސް ހުތުރު ނަން ލިބިދާނެ އެވެ.

އެމެރިކާގެ ބޮސްޓަންގައި މި ފަހަން އޮތް މަޝްހޫރު މިޔުޒިކް ބޭންޑް، ކޯލްޑްޕްލޭގެ ޝޯއެކެވެ. ވަކި ހިސާބަކުން ރަހަ ހެޔޮވަރުކޮށްލަން ކޯލްޑްޕްލޭގެ ފަންނާނުން އެދުނީ ބެލުންތެރިންގެ ތެރެއިން ބަޔަކަށް ކެމެރާ އަޅުވާލާށެވެ. 'ކިސް ކެމެރާ'ގެ ނަޒަރު ގޮސް ހުއްޓުނީ ނުހަނު ލޯބިން އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓައި، ބައްދާލައިގެން ތިބި ދެ މީހަކަށެވެ.

ޝޯގެ 'ކިސް ކެމް'ގެ ލޯގަނޑަށް ދެ މީހުން އެރުމާ އެކު އެ މީހުން އުޅުނީ ކެމެރާއަށް ފިލާށެވެ. އެހާ ހިސާބުން ލަވަކިޔުންތެރިޔާ ކްރިސް މާޓިން ބުނީ "އެއީ ސިއްރު ގުޅުމެއް ނޫނީ މާ ލަދުވެތި ބައެއް" ކަމަށެވެ.

މުޅި ސޯޝަލް މީޑިއާ އާއި ދުނިޔޭގެ ބޮޑެތި އެހެން މީޑިއާތަކަށް ވެސް އެ މަންޒަރުގެ ހަގީގަތް މިހާރު އަރައިފި އެވެ. ޖޯކުތަކުން ފުރިއްޖެ އެވެ. ބޭވަފާތެރިކަމަށް އާ ލަފުޒެއްގެ ގޮތުގައި ބައެއް މީހުން ބުނެލަނީ 'ކޯލްޑްޕްލޭޑް' އެވެ.

އެ ދެ މީހުންނަކީ ޓެކްނޮލޮޖީ ދާއިރާގެ ކުންފުންޏެއްގެ ސީއީއޯ އެންޑީ ބޯރޮން އާއި އެ ކުންފުނީގެ ހިއުމަން ރިސޯސަސްގެ އިސް ވެރިއެއް ކަމަށްވާ ކްރިސްޓިން ކެބޮޓް އެވެ. މި ދެ މީހުން ވެސް އުޅެނީ ވަކިވަކި ޒަވާޖީ ހަޔާތެއްގަ އެވެ. ދަރިން ވެސް އެބަ ތިއްބެވެ.

އެސްޓްރޮނަމާ ކުންފުނީގެ ސީއީއޯގެ މަގާމަށް ފަލަކީ އިލްމުވެރިއެއް ކަމަށްވާ ބޯރަން އައްޔަންކުރީ 2023ގަ އެވެ. އެ ކުންފުނީގައި ކެބޮޓް މަސައްކަތްކުރަން ފެށީ މިދިއަ އަހަރުގެ ނޮވެމްބަރުގަ އެވެ.

އެސްޓްރޮނަމާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބޯރަން މިވަގުތު ހުރީ ލީވްގައި ކަމަށެވެ. ކުންފުނިން މިހާރު އަންނަނީ އެ ވީޑިއޯގެ މައްސަލަ ބަލަމުން ކަމަށް ވެސް ބުންޏެވެ.

ބޯރަން އާއި ކެބޮޓް ވެސް އެ ވީޑިއޯގެ ސައްހަކަމާ މެދު ވަކި އެއްޗެކޭ ނުބުނެ އެވެ. ބޯރަންގެ ބަޔާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ބަޔާނަކީ ހަގީގަތެއް ނޫން ކަމަށް، އެސްޓްރޮނަމާއިން ބުންޏެވެ. އެ ދޮގު ބަޔާނުގައި އޮތީ އަންހެނުންނާއި ދަރިންގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވެސް މައާފަށް އެދޭ ކަމަށެވެ.

ކެމެރާއަށް ފިލަން އުޅުނު ވީޑިއޯ އެންމެ ފުރަތަމަ ފެތުރުނީ ކިކްޓޮކްގަ އެވެ. އޭގެ ފަހުން އެތައް މިލިއަން ބަޔަކު އެ އަންނަނީ ބޭވަފާތެރިކަން ފަޅާއެރި ވީޑިއޯ ބަލަމުން، ޖޯކް ޖަހަމުން، ފާޑުކިޔަމުން އަދި ބައެއް މީހުން، ހަމްދަރުދީ ވެސް ފާޅުކުރަމުންނެވެ.

ބޯރަންއަށް ވަޒީފާ ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެސްޓްރޮމާއިން މިހާރު ވަނީ ވަގުތީ ގޮތުން ސީއީއޯގެ މަގާމު، އެހެން މީހަކާ ހަވާލު ވެސް ކޮށްފަ އެވެ.

މި އާދަޔާ ހިލާފު ހާދިސާއިން ދައްކައިދެނީ ސިއްރުން ކުރާ ކަމެއް ކޮންމެ ފަދަ ގޮތަކަށް ވެސް ފަޅާއަރާފާނެ ކަމެވެ.

ކޮމެންޓް (4)

ހޫން

19 ޖުލައި 2025
އަސްލުލިޔަންވާނެގޮތަކީ ވަގުފިރިން/ އަނބިންނެއްނޫން. ވަގުބިޓުން.
1 0

ހަހަހަހަ

19 ޖުލައި 2025
🤣🤣🤣🤣🤣🤣🤣
1 0

ހަމްދު

19 ޖުލައި 2025
އޯކޭ. ނޯޓެޑް.
2 0

ތެފައާސާ.

19 ޖުލައި 2025
ވަގު އަނބިން/ފިރިން ގޮވައިގެން މިއުޒިކް ޝޯތަކަށް ދަންޏާ މިހެން ދިމާވެދާނެ، ވިސްނާލާތި
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް