މައި ހުޅުމާލެ ސައިކްލިން ޗެމްޕިއަންޝިޕްގެ ކުޑަކުދިންގެ ބައިން އެއްވަނަ ހޯދި އިޒްޔާންއާ، ޒުވާނުންގެ މިނިސްޓަރު އިބްރާހިމް ވަހީދު އިނާމު ހަވާލުކުރައްވަނީ

އެޗްޑީސީ

މައި ހުޅުމާލެ ސައިކްލިން ޗެމްޕިއަންޝިޕް ބާއްވައިފި

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ބައިސްކަލް ރޭސް އޮތީ މިދިއަ ހުކުރުދުވަހު
18 މޭ 2025
1

ހުޅުމާލޭގެ މީހުން ދިރިއުޅޭތާ 21 އަހަރު ފުރުން ފާހަގަކުރަން އެޗްޑީސީ އާއި ބައިކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މައި ހުޅުމާލެ ސައިކްލިން ޗެމްޕިއަންޝިޕް މިދިއަ ހުކުރުދުވަހު ބާއްވައިފި އެވެ.

މި މުބާރާތުގައި 80 ބައިސްކަލު ދުއްވުންތެރިން ވާދަކުރި އެވެ.

ތިން ބަޔަށް ބަހާލައިގެން ކުރިއަށް ދިޔަ މުބާރާތުގައި ވަނަތައް ހޯދީ:

 7-12 އަހަރުގެ ދެ ޖިންސް އެއްކޮށްލައިގެން

  • 1-

    އަހުމަދު އިޒްޔާން އަބްދުﷲ ގާސިމް

  • 2-

    މުހައްމަދު ޒާވީ މުޖުތަބާ

  • 3-

    ސުމައްޔާ އަބްދުﷲ މުހައްމަދު

މުހައްމަދު ޒާވީ މުޖުތަބާއަށް އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް މެޑަލް ދެއްވަނީ (ފޮޓޯ/ބައިކް މޯލްޑިވްސް)

25 ކިލޯ މީޓަރު އޯޕަން އަންހެން

  • 1-

    އާމިނަތު އާދަމް

  • 2-

    މޫމިނާ މުހައްމަދު

  • 3-

    ފާތިމަތު ނާއިލާ

25 ކިލޯމީޓަރު އޯޕަން ފިރިހެން

  • 1-

    ޔޫސުފް ހައްސާން

  • 2-

    މުހައްމަދު މުހައިސިން

  • 3-

    ޔަހުޔާ އަބްދުﷲ މުހައްމަދު

25 ކިލޯމީޓަރު އަންހެން އެއްވަނަ ދުއްވުންތެރިޔާ އައިމިނަތު އާދަމްއަށް ޔޫތު މިނިސްޓަރު  އިބްރާހިމް ވަހީދު އިނާމު ހަވާލުކުރައްވަނީ (ފޮޓޯ/ބައިކް މޯލްޑިވްސް)

50 ކިލޯމީޓަރު އޯޕަން އަންހެން 

  • 1-

    އަސްމާ ހަސަން

  • 2-

    ލީނާ ހަމީދު

  • 3-

    ޝާރުދާ ހަސަން ދީދީ

50 ކިލޯމީޓަރު އެއްވަނަ އަންހެން ދުއްވުންތެރިޔާ އަސްމާ ހަސަންއަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އިނާމް ހަވާލުކުރައްވަނީ (ފޮޓޯ/ބައިކް މޯލްޑިވްސް)

50 ކިލޯމީޓަރު އޯޕަން ފިރިހެން

  • 1-

    މާއިޒް ބިން މުސްތާގު

  • 2-

    ހުސެއިން ހަލީމް (ކުޑަހުސެން)

  • 3-

    މުހައްމަދު މައުރޫފް

މުބާރާތުގެ 50 ކިލޯމީޓަރުގެ ފިރިހެނުންގެ ޗެމްޕިއަން މާއިޒްއަށް ޒުވާނުންނާ ބެހޭ މިނިސްޓަރު އިބްރާހިމް ވަހީދު އިނާމު ހަވާލުކޮށްދެއްވަނީ (ފޮޓޯ/ބައިކް މޯލްޑިވްސް)

ބައިކް މޯލްޑިވްސްއިން ބުނީ މިއީ ގަވައިދުން ބައިސްކަލް ދުއްވަން ނުކުންނަ މީހުންނަށް ރޭސްތަކުގައި ވާދަކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. 

މީހުންގެ މެދުގައި ބައިސްކަލް ބޭނުންކުރުމުގެ ލޯބި އަށަގަންނުވަން ބައިސްކަލް ދުއްވުމުގެ ވާދަވެރި މުބާރާތްތައް އިތުރުވާތީ، ބައިކް މޯލްޑިވްސްއިން ވަނީ އެޗްޑީސީއަށް ޝުކުރު އަދާކޮށްފަ އެވެ. 

މި މުބާރާތުގެ އެއްވަނައަށް ދިޔަ ދުއްވުންތެރިންނަށް އިނާމު ދެއްވީ ޒުވާނުންނާ ބެހޭ މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. ދެވަނައަށް ދިޔަ ދުއްވުންތެރިންނަށް އިނާމު ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ. ތިން ވަނައަށް ދިޔަ ދުއްވުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެޗްޑީސީގެ ޑެޕިއުޓީ އެމްޑީ ފައްޔާޒު މަންސޫރު އެވެ.

ކޮމެންޓް (1)

ހަމް

19 މޭ 2025
މިއިން ކުއްޖަކު ކާރެއްގަ ނުޖެހުނީ ހަމަކިރިޔާ. ތަންކޮޅެއް ފަރުވާތެރިވާާން އެބަޖެހޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް