ޖެނިފާ އެނިސްޓަން

ޖެނިފާ އެނިސްޓަންގެ ހިތުގައި ރަސްކަން ކުރަނީ ރާއްޖެ

އެކަމަކު އޭނާ ރާއްޖެ އައުމަށް ވެސް އެޅިފައިވާ ހުރަހަކީ ފްލައިޓުގައި ދަތުރުކުރަން ގަންނަ ބިރު
22 އޭޕްރީލު 2025
1

ރާއްޖޭގެ ރީތިކަމުގައި އަރާމުކޮށް ނުލާ ތަރިއަކު މަދެވެ. ކުޅިވަރު ކުޅުންތެރިންނާއި ފިލްމް ކުޅޭ މީހުން ފެށިގެން ގޮސް ދުނިޔޭގެ މަގުބޫލު އެތައް ޝަހުސިއްޔަތުންނެއްގެ މަގުބޫލު މަންޒިލަކީ ރާއްޖެ އެވެ.

'ފްރެންޑްސް' ސީރީޒް އިން މަޝްހޫރުކަން ހޯދި އެމެރިކާގެ އެކްޓްރެސް ޖެނިފާ އެނިސްޓަން ޓްރެވަލް ޕްލަސް ލެޝާ މަޖައްލާއަށް މިފަހުން ދިން އިންޓަވިއުގައި ބުނެފައި ވަނީ ވަރަށް ދާން ބޭނުވި ނަމަވެސް، އަދި ނުދެވި އޮތީ ރާއްޖެ އާއި ޖަޕާނަށް ކަމަށެވެ. 

"މި ހުރީ ރާއްޖެ އަދި ޖަޕާނަށް ވަރަށް ޒިޔާރަތްކޮށްލާ ހިތުން ކެތްމަދުވެފައި،" އެނިސްޓަން ބުނެފައިވެ އެވެ.

އޭނާއަށް ރާއްޖެއަށް އައުމަށް އޮތް ހުރަހަކީ ފްލައިޓަށް އަރަން ގަންނަ ބިރެވެ. ނަމަވެސް އެނިސްޓަން ބުނީ އެކަން ރަނގަޅުކުރަން މިދިޔަ ދުވަސްތަކުގައި މަސައްކަތްކޮށް ކޮންމެވެސް ވަރަކަށް އެ ބިރު މިހާރު ފިލާފައިވާ ކަމަށެވެ. މެޑިޓޭޝަން އަދި ނޭވާލުމަށް ފަސޭހަވާނޭ ފަދަ ކަސްރަތުތައް ކުރަން ފެށުމުން އެކަމަށް ލުއި ލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި ދަތުރުމަތީގައި ހިނގާލުމާއި ސްޓްރެޗިން ފަދަ ކަންކަމުން ވެސް ބިރު ފިލާ ކަމަށް އޭނާ ބުންޏެވެ. 

"ފްލައިޓުގައި ދަތުރުކުރަން ބިރުގަތުން އެންމެ ބޮޑު ހުރަހަކީ ދުރަށް ދަތުރުކުރުމުގައި،"  އެނިސްޓަން ބުނެފައިވެ އެވެ.

ކޮމެންޓް (1)

ރަސް ހަސަން ކޮއި

22 އޭޕްރީލު 2025
މަގޭ ހިތުގައި ކުރާނެ ނަމަ...
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް