ކެރަޓް ކޭކު
ބޭނުންވާ ތަކެތި
-
6 ޖޯޑު ގާނާފައި ހުރި ކެރަޓް
-
1 ޖޯޑު ހަކުރު
-
1 ޖޯޑު ހިކި މޭބިސް ކަދުރު
-
4 ބިސް
-
1 ½ ޖޯޑު ހަކުރު
-
1 ޖޯޑު ތަރުކާރީ ތެޔޮ
-
2 ސައިސަމުސާ ވެނީލާ އެސެންސް
-
1 ޖޯޑު އަލަނާސި (ކޮށާފައި)
-
3 ޖޯޑު ފުށް
-
4 ސައިސަމުސާ ފޮނިތޮށި ޕައުޑަރު
-
1 ½ ސައިސަމުސާ ބޭކިން ސޮޑާ
-
1 ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް
ބޯތައްޓެއްގައި ކެރެޓާއި ހަކުރު އަދި ހިކި މޭބިސްކަދުރު އެއްކުރާށެވެ. އަދި 30 މިނެޓް ވަންދެން ބަހައްޓާށެވެ.
ބޯތައްޓެއްގައި ބިސްތައް ގިރާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ހަކުރާއި ތެލާއި ވެނީލާ އަދި އަލަނާސި އަޅާށެވެ.
ބޯތައްޓެއްގައި ފުށާއި ފޮނިތޮއްޓާއި ބޭކިން ސޮޑާ އަދި ލޮނު އެއްކޮލާފައި ފުރާނާލާށެވެ. ދެން ކުރިން އެއްކުރި ބިސް ތަށި ތެރެއަށް މީތި މަދުމަދުން އަޅަމުން އެއްކޮށްލާށެވެ.
ރަނގަޅަށް އެއްވުމުން ކެރަޓްތައް އަޅާލާށެވެ. އަދި ސަމުސަލަކުން އެއްކުރަމުން ގެންދާށެވެ. ދެން ޓްރޭއަކަށް އަޅާލާށެވެ. އަވަނުގައި 45 މިނެޓް ވަންދެން 170 ޑިގްރީގައި ފިހެލާށެވެ.