ކަށިކެޔޮ ކޭކު

ރެސިޕީ

ފަސޭހަ ރެސިޕީ: ކަށިކެޔޮ ކޭކު

ކަށިކެޔޮ ކޭކު އެޅިދާނެ ފަސޭހަ ގޮތެއް
20 މާރިޗު 2025

ބޭނުންވާ ތަކެތި

  • 1 ޖޯޑު ފުށް

  • ½ 2 ސައިސަމުސާ ބޭކިން ޕައުޑަރު

  • 1/3 ސައިސަމުސާ ލޮނު

  • 3 ޖޯޑު ކޮށާފައި ހުރި ކަށިކެޔޮ

  •  ½ 1 ޖޯޑު ކިރު

  • 3 ބިސް

  • ½ ޖޯޑު ތެޔޮ

  • ½ ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް

ބޯތައްޓެއްގައި ފުށާއި ބޭކިން ޕައުޑަރު އަދި ލޮނު އެއްކޮށްލާފައި ފުރާނާލާށެވެ.

ކަށިކެޔޮކޮޅާއި ކިރު މިކްސަރަށް އަޅާށެވެ. އަދި ރީތިކޮށް އެއްވަންދެން ގިރާލާށެވެ. އެއަށް ފަހު އޭތި ފުރާނާލާފައި ބޯތައްޓެއްގައި ބަހައްޓާށެވެ.

ދެން ބިހާއި ހަކުރު އަދި ތެޔޮ އެއްކުރާށެވެ. ރަނގަޅަށް އެއްވަންދެން ގިރާލަންވާނެ އެވެ. ދެން ބިސް އަޅާށެވެ. އަދި އެއްކުރަމުން ގެންދާށެވެ. އެއަށް ފަހު ފުށް އަޅާށެވެ. އަޅާނީ ފަހަރަކު ދެ ސަމުސަލެވެ. އަޅަމުން ގިރަމުން ގެންދާށެވެ.

ދެން އަވަނުގައި 160 ޑިގްރީގައި 25 މިނެޓް ވަންދެން ފިހެލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް