އޮރެންޖް ކޭކު
ބޭނުންވާ ތަކެތި
-
2 ޖޯޑު ފުށް
-
½ ސައިސަމުސާ ލޮނު
-
3 ސައިސަމުސާ ބޭކިން ޕައުޑަރު
-
1 ½ ޖޯޑު ހަކުރު
-
½ ޖޯޑު ކިރު
-
½ ޖޯޑު އޮރެންޖް ދިޔަ
-
½ ޖޯޑު ތަރުކާރީ ތެޔޮ
-
3 ބިސް (ގިރާލާފައި)
-
1 ½ ސައިސަމުސާ އޮރެންޖް ތޮށި (ގާނާފައި)
-
6 މޭޒުމަތީ ސަމުސާ ބަޓަރު
-
1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
ބޯތައްޓެއްގައި ކިރާއި އޮރެންޖް ދިޔަ އާއި ވެނީލާ އެސެންސް އާއި ތެލާއި ބިސް އަދި އޮރެންޖް ތޮށި އެއްކޮށްލާށެވެ.
އެހެން ބޯތައްޓެއްގައި ފުށާއި ލޮނު އަދި ބޭކިން ޕައުޑަރު އެއްކުރާށެވެ. އެއަށް ފަހު ހަކުރު އަޅާށެވެ. ރަނގަޅަށް އެއްވުމުން ކުރިން ހެދި ތަކެތި އެއްކޮށްލާށެވެ. ދެން ބަޓަރު އަޅާފައި އިލެކްޓްރިކް މިކްސާއަކުން އެއްކުރާށެވެ. އަވަނުގައި 35 މިނެޓް ވަންދެން 175 ޑިގްރީގައި ފިހެލާށެވެ.