ލެމަން ކޭކު
ބޭނުންވާ ތަކެތި
-
1 ½ ޖޯޑު ފުށް
-
1 ½ ސައިސަމުސާ ބޭކިން ޕައުޑަރު
-
2 މޭޒުމަތީ ސަމުސާ ލުނބޯ ތޮށި (ގާނާފައި)
-
½ ސައިސަމުސާ ލޮނު
-
½ ޖޯޑު ބަޓަރު
-
3 ބިސް
-
1 ޖޯޑު ހަކުރު
-
1 ސައިސަމުސާ ވެނީލާ އެސެންސް
-
2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
-
½ ޖޯޑު ކިރު
ތައްޔާރު ކުރާނެ ގޮތް
ބޯތައްޓެއްގައި ފުށާއި ބޭކިން ޕައުޑަރާއި ލުނބޯ ތޮށްޓާއި ލޮނު އެއްކުރާށެވެ.
އިލެކްޓްރިކް މިކްސާއަކުން ބަޓަރާއި ހަކުރު ކްރީމީ ވަންދެން ގިރާލާށެވެ. ގާތްގަނޑަކަށް 4-6 މިނެޓް ވަންދެން ގިރާލަންވާނެ އެވެ.
އެހެން ބޯތައްޓެއްގައި ބިހާއި ލުނބޯ ހުތް އަދި ވެނީލާ އެސެންސް ގިރާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ކިރު އަޅާ އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކުރިން އެއްކުރި ބަޓަރާއި ހަކުރު އަޅާށެވެ. އަދި އެއްކޮށްލާށެވެ. ދެން ފުށް މަދުމަދުން އަޅަމުން އެއްކުރަމުން ގެންދާށެވެ. ތިން މިނެޓް ވަންދެން ގިރާލުމަށް ފަހު އަވަނުން 160 ޑިގްރީގައި 45 މިނެޓް ވަންދެން ފިހެލާށެވެ.