އޯކްރާ ވޯޓާ: މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި ވައިރަލްވަމުން އަންނަ ބުއިމެއް
އޯކްރާ ނުވަތަ ލޭޑީސް ފިންގާ އަކީ ހަށިގަނޑަށް ފައިދާ ކުރާ ގިނަ މާއްދާތަކެއް އެކުލެވޭ ބާވަތެކެވެ. ދިވެހިންގެ ތެރޭގައި ލޭޑީސް ފިންގާ މަޝްހޫރުވެފައި އޮންނަނީ ވެސް ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު މެނޭޖްކޮށްދޭ އެއްޗެއްގެ ގޮތުގަ އެވެ. މި ބޭނުމުގައި މީހުން ލޭޑީސް ފިންގާ އެކި ގޮތްގޮތަށް ހަދައިގެން ކަ އެވެ.
ލޭޑީސް ފިންގާ އަކީ އޭގައި ފައިބަރު، ވިޓަމިން އަދި މިނެރަލް ގިނައިން ހިމެނޭ ތަރުކާރީއެކެވެ.
ނަމަވެސް، މި ދުވަސްކޮޅު މަޝްހޫރުކަމެއް ހޯދައިގެން މި އުޅެނީ އޯކްރާ ވޯޓާ އެވެ. ލޭޑީސް ފިންގާ ފެނުއަޅައިގެން އެ ބުއިމުން ގައިގެ ހަންގަނޑަށް ކުރާ ފައިދާތަކުގެ އިތުރުން އެހެން ގިނަ ފައިދާތަކެއް ވެސް ލިބެ އެވެ.
މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި ވައިރަލްވަމުން އަންނަ މި ބުއިން ޓިކްޓޮކްގައި އުޅޭ ދިވެހިން ވެސް ތައްޔާރުކޮށްގެން ބޯތަން ދައްކާ ވީޑިއޯ ކްލިޕްތައް އަންނަނީ އާއްމުވަމުންނެވެ.
އޯކްރާ ވޯޓާ ހަދާނީ ކިހިނެއް؟
އޯކްރާ ވޯޓާ އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. މި ބުއިން ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ލޭޑީސް ފިންގާ ރަނގަޅަށް ދޮވެލާފައި ކޮށާނީ އެވެ. އެއަށް ފަހު، މަތިޖެހޭ ފުޅިއަކަށް އަޅާފައި ފެން އަޅާނީ އެވެ. ރަނގަޅަށް ލޭޑީސް ފިންގާތައް ފޯވާ ވަރަށް ފެން އަޅަންވާނެ އެވެ. ފުޅީގެ މަތިޖަހާފައި 8-24 ގަޑި އިރު ވަންދެން ފްރިޖުގައި ބަަހައްޓާށެވެ. އެއަށް ފަހު ފުރާނައިގެން ފެން ބޯށެވެ. ފެނުގައި ޖެލީ، ނުވަތަ ތަތްކަމެއް ހުންނާނެ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި މި ފެން އެންމެ ރަނގަޅީ ހެނދުނު ހުސްބަނޑާ ހުރެ ބުއިމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ކޮންމެ ވަގުތެއްގައި ވެސް މި ފެން ބޮވޭނެ އެވެ. ދިރާސާއަކުން ވަކި ވަގުތެއްގައި ބުއިމުން ފައިދާ ބޮޑު ކަމަކަަށް ނުދައްކަ އެވެ.
އޯކްރާ ވޯޓާގެ ސިއްހީ ބައެއް ފައިދާ
-
ފައިބަރު - އޯކްރާ އަކީ ފައިބަރު ގިނަ ބާވަތެކެވެ. އެހެންކަމުން ހަޖަމު ކުރުމަށާއި ބަރުދަން ލުއި ކުރުމަށް އެހީތެރިވެދީ ގޮހޮރުގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ.
-
ލޭގައި ހަކުރު ހުންނަ މިންވަރު މެނޭޖެކުރުން - ކުރިން ވެސް ބުނި ގޮތަށް، އޯކްރާއަކީ ސޮލިއުބަލް ފައިބަރު ގިނަ އެއްޗެކެވެ. އެހެންކަމުން، ހަކުރު ލެއަށް އެބްޒޯބްކުރުން ދަށްކޮށްދެ އެވެ.
-
އެންޓިއޮކްސިޑަންޓްސް - އޯކްރާ ވޯޓާގައި އެންޓިއޮކްސިޑަންޓްސް ގިނަ އެވެ. މީގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ މީހާގެ ހަންގަނޑަށް ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތަކެއް ގެނެސްދެ އެވެ. ހަނގަނޑު ޒުވާންކަންމަތީ ބެހެއްޓުމަށާއި ކުދި ރޫތައް ފިލުވައިލަދޭން އެހީތެރިވެ އެވެ.
އޯކްރާ ވޯޓާ އިން ހަންގަނޑަށް ފައިދާ ކުރޭ
-
1-
އޯކްރާ ވޯޓާ އިން ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދީ، މަޑުކަން ގެނެސްދެ އެވެ. ހިކިފައި ހުންނަ ހަންގަނޑުގައި ބަރާބަރަށް އޮކްރާ ވޯޓާ ހާކާ ނަމަ ހަންގަނޑު ރަނގަޅުވެ އެވެ.
-
2-
އޯކްރާ އަކީ ހަންގަނޑު މާ އަވަހަށް މުސްކުޅިވުމުން ދުރުކޮށްދޭ އެއްޗެކެވެ. އެއީ އޭގައި ހުންނަ އެންޓިއޮކްސިޑަންޓް ޕްރޮޕަޓީސްގެ ސަބަބުންނެވެ. މި އެންޓިއޮކްސިޑަންޓްސް ފްރީ ރެޑިކަލްސްއާ ދެކޮޅަށް މަސައްކަތް ކުރެ އެވެ. އަދި ހަމުގައި ޖެހޭ ކުދި ރޫތަކާއި ރޮނގުތައް އަދި ހަންގަނޑު ދޫވެގެން ސޮހުން ފަދަ ކަންކަމާ ދުރުކޮށްދެ އެވެ.
-
3-
އޯކްރާ ވޯޓާގައި ހުންނަ ވިޓަމިން އަދި މިނަރަލްސް އިން ކޮލާޖަން އުފެއްދުން އިތުރުކޮށްދެ އެވެ. މިއީ ހަންގަނޑުގެ ވާންކަން ދަމަހައްޓަން އެހީތެރިވާ އެއްޗެކެވެ. ކޮލާޖަންގެ ސަބަބުން ހަންގަނޑު ވާންވެ، އޮމާންވެ، ކުދި ރޫތައް ޖެހުމުން ދުރުކޮށްދެ އެވެ.
ބައެއް މީހުން އޯކްރާ ވޯޓާ ތައްޔާރުކުރުމަށް ފަހު، އޭތި އިތުރަށް ފުރިހަމަ ކުރުމަށް ލުނބޯ އަދި މާމުއިކޮޅެއް އަޅައިގެން ބޭނުން ކުރެ އެވެ.
ކޮމެންޓް (3)
ހީން
ހަމްދު
ސިކުނޑި