ސައިންސް

އެނގޭތަ؟ މަރުވުމަށް ފަހު ހަށިގަނޑަށް ވާ ގޮތް، ސައިންސްގެ އަލީގައި

ފުރާނަ ދިއުމާ އެކު ހަށިގަނޑަށް އަންނަ ބަދަލުތައް ގިނަ. ސެލްތައް މަރުވުމާއި ބައެއް މާއްދާތައް އަމިއްލައަށް ހަށިގަނޑުގެ ބައިތައް 'ކާން' ވެސް ފަށާ
11 މާރިޗު 2025
1

މިއީ ތިބާގެ ވެސް ނިމުން އަންނަ ގޮތެވެ.

މަރުވުމަށް ފަހު ހަށިގަނޑަށް ވާ ގޮތް ބެހިގެން ދަނީ ތަފާތު މަރުހަލާތަކަކަށެވެ.

ފުރާނަ ދޫވުމާ އެކު ހަށިގަނޑުގެ ހުރިހާ ބޭނުމެއް، އެހާ ހިސާބުން އެ ނިމުނީ އެވެ. ލޭ ފޮނުވައި ދީ، ހަށިގަނޑު އަބަދުވެސް ދިރުމުގައި ބަހައްޓައިދޭ ހިތް އަބަދަށް ހިމޭންވީ އެވެ.

މަސްތަކުގެ ތެރެއަށް އޮކްސިޖަން ދިއުން ހުއްޓުމުން ތިބާގެ ސެލްތައް މަރުވާން ފަށަ އެވެ. އަބަދުވެސް ހަރުކޮށް ހުންނަ މަސްގަނޑުން ބާރު ދެ އެވެ. މަސްތައް އޭގެ ގޮތުގައި މަސައްކަތްކުރާ އިރު ހަރުލާފައި ހުންނަ ދިޔަގަނޑު ދޫވެ އެވެ.

ތާޒާ ލޭ ހިނގުން ހުއްޓުމުން ހަންގަނޑުގެ ކުލަ ބަދަލުވާން ފަށަނީ އެވެ.

ހަށިގަނޑު ހަރުވުމުގެ މަރުހަލާއަށް ވެއްޓެ އެވެ. މިއީ މަސްތަކުގެ ފައިބާއަށް އަންނަ ބައޮކެމިކަލްގެ ބަދަލުތަކެއްގެ ނަތީޖާ އެވެ. މަސްތައް އޭގެ ވާޖިބު އަދާކުރަން ހަކަތަ ރައްކާކޮށްފައި ބަހައްޓަ އެވެ. ނަމަވެސް މަރުވުމާ އެކު އެ ހަކަތައް ހުސްވެ، މަސްތަކުން އެކުގައި ބާރު ކެނޑެނީ އެވެ. ފުރަތަމަ އެ ހަރުކަން ފެންނަން ފަށަނީ މޫނާއި ކަރުންނެވެ. އޭގެ ފަހުން މުޅި ހަށިގަނޑަށް އެކަން ފެތުރިދެ އެވެ.

ހަށިގަނޑުގެ ހޫނުމިން ނެތުމުން ހަށިގަނޑު ކުނިވުމުގެ އެހެން މަރުހަލާއެއް ފެށެ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި އެއީ ހަށިގަނޑު އަމިއްލައަށް ހަށިގަނޑު 'ކެއުމެ'ވެ. އެހެން ބުނަން ޖެހެނީ ސެލްތަކަށް އަންނަ ހުއްޓުމާ އެކު ދެން ކުރިމަތިވާ ހާލަތުންނެވެ. ސެލްތަކުގައި ދިރުން ހުންނަ އިރު އޭގެ އެތެރޭގައި ހިމެނޭ އެންޒައިމްތައް ބޭރަށް ދިޔަނުދީ ހިފަހައްޓަ އެވެ. ނަމަވެސް ސެލްތައް މަރުވުމުން އެ އެންޒައިމްތައް ސެލްތަކުގެ ސަރަހައްދުން ބޭރުވެ އެވެ. ވަށައިގެން ހުންނަ ޓިޝޫތައް ހަލާކުކޮށްލަ އެވެ. ހަށިގަނޑުގެ އެތެރެއިން އޭގެ ބައިތައް 'ކަނީއޭ' ބުނަނީ އެ ހާލަތުގަ އެވެ.

ވަކި ހިސާބަކުން ހަށިގަނޑުގެ ބޭރުން ކުނިވުމުގެ އަލާމާތްތައް ފެނެ އެވެ. އިންސާނާގެ ހަށިގަނޑުގެ އެތެރޭގަ އާއި ބޭރުގައި ވެސް އެތައް ޖަރާސީމެއް އުޅެ އެވެ. މަރުވުމުން އެ ޖަރާސީމުތައް ގިނަވެ، ހަށިގަނޑު ހަލާކުކޮށްލަނީ އެވެ. ބައެއް މާހައުލުތަކުގައި ހަށިގަނޑަށް އެހެން ވައްތަރުގެ ފަނިފަކުސަ ވެސް އަރައިގަނެ، އޭގެ ބިސްއަޅާ ހަދަ އެވެ. ޖަރާސީމުތަކާއި ފަނިފަކުސައާ ހެދި ހަށިގަނޑު މުޅިން ކުނިވަނީ އެވެ.

މަދު ހަފުތާތަކެއްގެ ތެރޭގައި ހަށިގަނޑުން ހަލާކުނުވެ އޮންނާނީ ދަތްތަކާއި ކަށިގަނޑު އެކަންޏެވެ. 

ކޮމެންޓް (1)

ދާލު

12 މާރިޗު 2025
ވަރަށް ހަމަޖެހިލައިގެން ކިޔާލަންކަމަށް އުޅުނުތަނާ ނިމިއްޖެ، ވަރަށް މައުލޫމާތު މަދު ކުރުކޮށް ލިޔެލާފައިން ޝައުގުވެރި މައުލޫއެއް. އުއްމީދުކުރަން މީގެ ތަންކޮޅެއް ތަފްސީލީ ލިއުމެއް ފެންނާނެކަމަށް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް