ބައިކް މޯލްޑިވްސްއަށް 10 އަަހަރު ފުރުން ފާހަގަ ކުރުމަށް ސެންޓްރަލް ޕާކުގައި ހުކުރު ދުވަހު ބޭއްވި އިވެންޓުގައި އެ ޖަމިއްޔާގެ ދެ ފައުންޑާ މެންބަރުން ކަމަށްވާ ޒުލޭހާ ހަސަން ދިީދީ (ވ) އާއި އަހުމަދު ހަސަން ދީދީ (މ) އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއާ އެކު.

ލިވިން

ބައިކް މޯލްޑިވްސްގެ ކާމިޔާބު 10 އަހަރު ފާހަގަކޮށްފި

ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލު ދުއްވުމަށް ޝައުުގުވެރިކަަން އުފައްދަން މަސައްކަތް ކުރާ ބައިކް މޯލްޑިވްސްއިން ވޭތުވެދިޔަ 10 އަހަރުތެރޭ 300 އެއްހާ މެންބަރުން ހޯދައި، ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔަ
12 ޖެނުއަރީ 2025
2

އެންމެ ފަހުން ބައިސްކަލެއްގެ ފާލުގަނޑުގައި ފައި އަޅައި އަނބުރާލި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟ ބައިކް މޯލްޑިވްސްއަށް މިއީ މާ ދުރު ހަނދާނެއް ނޫނެވެ.

ބައިކް މޯލްޑިވްސްއަކީ ދުޅަހެޔޮ ދިރިއުޅުމަކަށާއި ހަރަކާތްތެރިވެ އުޅުމުށް ބާރުއަޅާ، ރާއްޖޭގައި ބައިސްކަލް ދުއްވުމަށް ކުރިއެކޭ އެއްގޮތަށް މީހުން ޝައުގުވެރިކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. ވެެެއްޓަށާއި ހައްޓަށް ވެސް ރަނގަޅު މި ގޮތް ދިރުވުމުގެ މަސައްކަތުގައި މި ޖަމިއްޔާ ދެމިއޮންނަތާ 10 އަހަރު ފުރުން މިދިޔަ ހުކުރު ދުވަހު ވަނީ ފާހަގަކޮށްފަ އެވެ. ބައިކް މޯލްޑިވްސްއިން ބުނާ ގޮތުގައި މިއީ ކާމިޔާބު 10 އަހަރެވެ.

ބައިކް މޯލްޑިވްސްއަށް 10 އަަހަރު ފުރުން ފާހަގަ ކުރުމަށް ސެންޓްރަލް ޕާކުގައި ހުކުރު ދުވަހު ބޭއްވި އިވެންޓްގެ ތެރެއިން

ބައިކް މޯލްޑިވްސްގެ ބާނީންނަކީ ޒުލޭހާ ހަސަން ދިީދީ އާއި އަހުމަދު ހަސަން ދީދީ އަދި މަރުހޫމް މާދިހު އިސްމާއިލް އެވެެ.

ވޭތުވެދިޔަ 10 އަހަރުތެރޭ ބައިކް މޯލްޑިވްސްއިން 300 އެއްހާ މެންބަރުން ހޯދާފައިވެ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި އިވެންޓްތަކުގައި ބައިވެރިވެ އެކި އުމުުރުފުރައިގެ މީހުން އަލުން ބައިސްކަލަށް ހިތްޖައްސާފައި އެވެ. ބައިކް ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިސްކަލް ދުއްވުމުގެ މުބާރާތެއް ބާއްވައި އެތައް ކުދިންނަށް ބައިސްކަލް ދުއްވަން ފަރިތަކޮށް ދަސްކޮށްދީ އެ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށްދީފައި އެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހު އިންޓަ ސްކޫލް ބައިސްކަލް ދުއްވުމުގެ މުބާރާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ބައިކް މޯލްޑިވްސްއަށް 10 އަަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި ޖީކެއާގެ ބައެއް މެންބަރުން ބައިވެރިވަނީ

ބައިކް މޯލްޑިވްސްގެ އެންމެ ތަފާތު އެއް ކަމަކީ، އެ މީހުންގެ ހަރަކާތްތައް މެދުކެނޑުމެއް ނެތި، ކޮންމެ ދުވަހަކު ފަތިހު ނިކުމެވޭ މީހުން ބައިސްކަލްގައި މާލެ ވަށާ ޖަހާ ބުރާއި މުޅި ބައިކް މޯލްޑިވްސް އާއިލާ އެއްކޮށްހެން ހުޅުމާލޭގައި ޖަހާ ބައިސްކަލް ބުރު ވެސް މިވީ 10 އަހަރު ތެރޭ ކުރިއަށް ގެންގޮސްފައިވާތީ އެވެ.

ބައިކް މޯލްޑިވްސްއަށް 10 އަަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން

ބައިކް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަހުގެ ބައިސްކަލް ބުރު މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިޔަ އެވެ. ޝަރަފުވެރި މެހުމާނުގެ ގޮތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެ އިވެންޓް ހާއްސަކުރީ ޖަމިއްޔާގެ އެއް ބާނީ މަރުހޫމް މާދިހް އިސްމާއިލްގެ ހަނދާނަށެވެ.

ބައިކް މޯލްޑިވްސްއަށް 10 އަަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އިވެންޓްގައި މިނިސްޓަރު ތޯރިގު ބައިވެރިވެވަޑައިގަންނަވަނީ.

ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރޯދަ މަހު އެ ޖަމިއްޔާ އާއި އެސްއެސްޓީވީ ގުޅިގެން ވަރަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ބައިކް މޯލްޑިވްސްއަށް 10 އަަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި ބައެއް މެންބަރުން ފޮޓޯއަކަށް ހުއްޓިލައިގެން

ބައިކް މޯލްޑިވްސްގެ އެގްޒެކެޓިވް މެންބަރުންގެ ފަރާތުން އޮތީ އެ މީހުންގެ މެންބަރުންނަށް ޝުކުރުވެރި ހިތެކެވެ. އަދި ކުރިއަށް ހުރި އަހަރުތަކުގައި އިތުރު ލަނޑުދަނޑިތައް ހާސިލް ކުރުމަށް "ޕެޑަލިން ފޯވަޑް" ޝިއާރުގެ ދަށުން މަސައްކަތް ކުރުމަށް މި ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް (2)

އީމާން

13 ޖެނުއަރީ 2025
ވީހާވެސް ގިނަބަޔަކު މިކަމުގައި ބައިވެރިވުން ވަރަށްބޮޑަށް އެދެވިގެންވޭ.
1 0

ހަމްދު

13 ޖެނުއަރީ 2025
ދުޅަހެޔޮ ދިރިއުޅުމަކަށާއި ހަރަކާތްތެރިވެ އުޅުމަށް ބައިކްމޯލްޑިވްއިން ތިދެނީ ވަރަށްބޮޑު ހިތްވަރެއް. ކާމިޔާބަށްއެދެން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް