މަޖީދިއްޔާ ސްކޫލްގެ ކޫލް ސްކޫލް ޕްރޮޖެކްޓް (ފޮޓޯ/ ދަރިވަރު އޮންލައިން)

ތައުލީމު

މަޖީދިއްޔާގެ ޕީޓީއޭގެ 'ކޫލް ސްކޫލް' ޕްރޮޖެކްޓް ކާމިޔާބު

މަޖީދިއްޔާގެ ސްކޫލްގެ ޕީޓީއޭގެ ފަރާތުން ކާމިޔާބުކަމާއި އެކު ހިންގި 'ކޫލް ސްކޫލް' ޕްރޮޖެކްޓްގައި 26 ކްލާސްރޫމެއް އޭސީކޮށްފި
10 ޖެނުއަރީ 2025
2

މަޖީދިއްޔާ ސްކޫލްގެ ޕީޓީއޭ އިން އިސްނަގައިގެން އެ ސްކޫލްގެ 26 ކްލާސްރޫމެއް އޭސީކޮށް "ކޫލް ސްކޫލް" ޕްރޮޖެކްޓް ކާމިޔަބުކަމާއި އެކު ނިންމާލައިފި އެވެ.

ޕީޓީއޭގެ މި މަސައްކަތް ފާހަގަ ކުރުމަށް ސްކޫލްގައި ބުރާސްފަތި ދުވަހު ވަނީ ހާއްސަ އެސެމްބްލީއެއް ވެސް ބާއްވާފައި އެވެ.

ޖުމްލަ 1500 އެއްހާ ދަރިވަރުން ކިޔަވަމުންދާ މަޖީދިއްޔާ ސްކޫލްގައި 26 ކްލާސްރޫމެއްގައި 56 އޭސީ ބަހައްޓާފައިވެ އެވެ. 

މަޖީދިއްޔާ ސްކޫލްގެ ކޫލް ސްކޫލް ޕްރޮޖެކްޓް ކާމިޔާބު ކަމާއި އެކު ނިންމާލައިފި

މިދިޔަ ޖޫން މަހު ސަރުކާރުން އިއުލާން ކުރި ކޫލް ސްކޫލް ޕްރޮޖެކްޓާއެކު ބައެއް ސްކޫލްތަކުގައި އަންނަނީ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު އޭސީ ހަރުކުރަމުންނެވެ.

މަޖީދިއްޔާ ސްކޫލަކީ މާލޭގެ ހުންނަ ސަރުކާރު ސްކޫލްތަކުގެ ތެރޭން ހުރިހާ ކުލާސް ރޫމެއްގައި އޭސީ ހަރުކުރި ދެވަނަ ސްކޫލެވެ. މިކަން ފުރަތަމަ ކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުންނެވެ.

މަޖީދިއްޔާ ސްކޫލްގެ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ސްކޫލްގެ 26 ކްލާސްރޫމެއް ވަނީ އޭސީކޮށްފައި

މަޖީދިއްޔާ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް ވިދާޅުވީ މިއީ ދަރިވަރުންނަށްޓަކައި އެ ސުކޫލްގެ ޕީޓީއޭއިން ކޮށްފައިވާ ބުރަ މަސައްކަތެެއް ކަމަށެވެ. 

މަޖީދިއްޔާ ސްކޫލުން ބުނީ އެ ސްކޫލުން ވަނީ ހިންގުމުގައި ބޭނުންކުރާ މިންގަނޑުތަކުގެ ތެރެއިން "އާއިލާ އާއި މުޖުތަމައުގެ ބައިވެރިވުން" ކާމިޔާބުކަމާ އެކު އިތުރު ހަރުފަތަކަށް ގެންގޮސްފައި" ކަމަށެވެ. އަދި މިއީ ސްކޫލާއި ބެލެނިވެރިން ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ އެއް ކަމަށް ވެސް ބުންޏެވެ. 

މަޖީދިއްޔާ ސްކޫލްގެ ކޫލް ސްކޫލް ޕްރޮޖެކްޓް ކާމިޔާބު ކަމާއި އެކު ނިންމާލުމަށް އެ ސްކޫލްގައި ބުރާސްފަތި ދުވަހު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައި

ރާއްޖޭގެ ސްކޫލްތަކުގެ ކްލާސްރޫމްތައް ހޫނުގަދަ ކަމުގެ ޝަކުވާ ގިނަ ދަރިވަރުންނާއި ބެލެނިވެރިން ވެސް ކުރެ އެވެ. އަދި މިކަމުގެ ސަބަބުން ސްކޫލްތަކުގެ ކްލާސްރޫމްތަކަކީ ކިޔެވުމަށް އެންމެ ރަނގަޅު މާހައުލެއް ނޫން ކަމުގެ ގިނަ ޝަކުވާތައް އެކި ފަހަރު ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ކޮމެންޓް (2)

ހަމްދު

12 ޖެނުއަރީ 2025
ބެލެނިވެރިންނަށްވާނެ. އެއީ ގަދަބައެއް. ޝުކުރިއްޔާ.
1 0

މޫސަ، ޕީޓީއޭ މެންބަރެެއް

3 ފެބްރުއަރީ 2025
@ހަމްދު އެޑިޔުކޭޝަން މިނިސްޓަރ އަދި ޕޯޑިއަމްތަކަށް އަރާ ބުނާނެ މިވެސް މިސަރުކާރުން ކުރިކަމެކޭ. ޙަޤީޤަތުގައި ބެލެނިވެރިންނަށް ފާޑަކަށް މަޖުބޫރުކޮށްގެން ފަންޑު މިހޯދަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް