ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަކުރަން ބ. އަތޮޅު ހެލްތު ސެންޓަރުގެ މުވައްޒަފުން ހަރަކާތްތެރިވަނީ (ފޮޓޯ/ފޭސްބުކް)

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަން މިއަދު ހިނގާލުމެއް

މި އިވެންޓް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާނީ ހަވީރު 4.30 އިން 6.00އަށް. މިއީ އާންމުކޮށް ހުޅުވާލާފައިވާ ހަރަކާތެއް
19 އޮކްޓޯބަރު 2024
1

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 'ވޯކް ފޯ މެންޓަލް ހެލްތު'ގެ ނަމުގައި ހިނގާލުމެއް ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު އޮންނާނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް 10 އޮކްޓޯބަރަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވެހެވެ. މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހިނގާލުން ފަށާނީ 4:30ގަ އެވެ. މިއީ މިނިސްޓްރީ އޮފް ހެލްތުގެ ނެޝެނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗުއޯ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

މި ހިނގާލުމުގެ މަގުދަސަކީ ނަފްސާނީ ބައްޔާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދާ، ނަފްސާނީ ބައްޔާ މެދު ގެންގުޅޭ ކުށްހީތައް ނައްތާލައި އަދި ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާއްމުކޮށް ބޭނުންކުރަނީ ފެހި ކުލަ އެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ އިވެންޓްގައި ބައިވެރިވާ މީހުން ފެހި ކުލައިގެ ހެދުމެއް ބޭނުންކުރުން ރަނގަޅެވެ.

ކޮމެންޓް (1)

profile-image-placeholder

ހަމްކޮ

19 އޮކްޓޯބަރު 2024
ތިހިނގާލުމަށްދާންވާނެ. ހުރިހާކުދިންވެސް ދިޔުންމުހިއްމު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް