ޑޭވިޑް ބެކަމްގެ އަވިއައިނު ބްރޭންޑުން ބަހާރު މޫސުމަށް ހާއްސަ އައިނު ކަލެކްޝަންއެއް ވަނީ ނެރެފައި

ފެޝަން

ޑޭވިޑް ބެކަމްގެ 'އައިވެއާ' ބްރޭންޑުން އާ އަވިއައިނު ކަލެކްޝަންއެއް ތައާރަފު ކޮށްފި

އަވިއައިނަކީ އަޅާ ކޮންމެ ހެދުމެއް ފުރިހަމަކޮށްލަން އޭނާ ބޭނުން ކުރާ ވަރަށް މުހިއްމު އެކްސެސަރީއެއް ކަމަށް ބެކަމް ބުނެފައިވޭ
12 އޭޕްރީލު 2024

މަޝްހޫރު ފުޓުބޯޅަ ލެޖެންޑު ޑޭވިޑް ބެކަމް އަކީ ހަމައެކަނި ފުޓުބޯޅައިގައި ބައިނަލްއަގްވާމީ ގޮތުން ވިދާލި ތަރިއެއް ނޫނެވެ. އޭނާގެ ހިތްގައިމު ފެޝަން ސްޓައިލްއަށްޓަކައި ވެސް އޭނާ ވަނީ މަގުބޫލު ވެފަ އެވެ.

ބެކަމް ވަނީ ބޮޑެތި އެކި ބްރޭންޑުތަކާ ގުޅިގެން ހެދުމާއި އެކްސެސަރީޒް ނެރެފަ އެވެ. އޭގެ ތެރެއިން އަވިއައިނަކީ އަޅާ ކޮންމެ ހެދުމެއް ފުރިހަމަކޮށްލަން ބޭނުން ކުރާ ވަރަށް މުހިއްމު އެކްސެސަރީއެއް ކަމަށް އޭނާ ބުންޏެވެ.

ބެކަމްގެ ފުރަތަމަ އަވިއައިނު ކަލެކްޝަން ނެރުނީ 2020ގައި އަވިއައިނު ކުންފުނި ސަފިލޮ ގްރޫޕްއާ އެކު މިލާންގަ އެވެ. ސަފިލޮ ގްރޫޕްއާ އެކު ބެކަމް ވަނީ 10 އަހަރުގެ ޕާޓްނާޝިޕްއަކަށް އެއްބަސްވެފަ އެވެ.

"އަހަންނަށް އަވިއައިނު ވަރަށް ކަމުދޭ. އަދި އެކި މުނާސަބަތުތަކަށާއި އާދައިގެ މަތިން ވެސް އަވިއައިނު އަޅަން. އެހެންވީމާ، ޕްރޮޑަކްޓްގެ ޑިޒައިނާއި ފަންނުވެރިކަމަށް އަހަންނަށް ކަމުދާ ވައްޓަފާޅިއަކަށް ވިސްނާ ޕާޓްނަރަކާ އެކު މަސައްކަތް ކުރުމަކީ އަހަންނަށް ވަރަށް މުހިންމު ކަމެއް،" ބެކަމް ބުނެފައިވެ އެވެ.

ޑޭވިޑް ބެކަމް: އޭނާގެ އާ އައިނު ކަލެކްޝަނެއް މިދިޔަ މަހު ވަނީ ނެރެފައި

މި އަހަރުގެ ބަހާރު މޫސުމަށް ހާއްސަކޮށްގެން މިދިޔަ މަހު ނެރުނު އައިނުތަކަކީ ވަރަށް ކްލެސިކް އަދި ކޮންމެ ޒަމާނަކާ ގުޅޭ ސްޓައިލްތަކެކެވެ. މި ކަލެކްޝަނަށް ހިޔާލު ހޯދައިފައި ވަނީ ބެކަމް ޔޫރަޕްގެ މެޑިޓަރޭނިއަން ސަރަހައްދުގައި ޗުއްޓީ ހޭދަ ކުރާ ތަންތަނުންނެވެ. އައިނުތައް ފަރުމާކޮށްފައި ހުރީ އެ މާހައުލަކާ ގުޅޭ ވައްޓަފާޅިއަކަށެވެ. 

ކަލެކްޝަނުގެ އިސްތިހާރުން ވެސް ފެންނަނީ ބެކަމް އެކި ވައްތަރުގެ އަވިއައިނު އަޅައިގެން، ޔޫރަޕްގެ އެކި ތަންތާނގައި ސައިކަލު ދުއްވާ ތަނާއި ޕޫލަށް އެރި ހިތްހަމަޖައްސާލަން އޮންނަ ތަނެވެ.

ޑޭވިޑް ބެކަމްގެ ފުރަތަމަ އަވިއައިނު ކަލެކްޝަން ނެރުނީ 2020ގައި ބޮޑު ކުންފުނި ސަފިލޮ ގްރޫޕްއާ އެކު

"މި ކަލެކްޝަންގަ ކޮންމެ ޒަމާނަކައި ގުޅޭ އައިނު ޑިޒައިންގެ އިތުރުން، ތަފާތު އަދި އަމިއްލަވަންތަ ގޮތެއް ހުންނަ އައިނު ޑިޒައިން ވެސް ހިމެނޭ. އަދި އަންނަ ހޫނު މަހަށް ގުޅޭ ސްޓައިލްތަކަކަށް ވާނެ" ޑޭވިޑް ބެކަމް ބުންޏެވެ.

ޑޭވިޑް ބެކަމްގެ އާ އައިނު ކަލެކްޝަނެއް މިދިޔަ މަހު ވަނީ ނެރެފައި

ބައެއް އައިނުތަކުގައި 'ބޯލްޑް ފްރޭމްސް' ބޭނުންކޮށްފައި ހުއްޓެވެ. އަދި ދުވެލާށައި ރޭގަނޑަށް އެކަށޭނެ ކުލަތައް ވެސް ބޭނުންކޮށްފައި ވެ އެވެ. އައިނުތަކުގެ ކުލަ އާއި ޑިޒައިންގެ އިތުރުން ތައްޔާރުކޮށްފައި ހުރީ އޭގެ ބޭނުންތެރިކަމަށާއި އަޅައިގެން އުޅޭ އިރު ފަސޭހަ ވާނެ ގޮތަށް ބަލައި މުހިއްމު ބައްޓަމަކަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް