މެންގޯ ޕެޝަން ޓްރައިފްލް

ފުޑް

ރެސިޕީ: މަޒީނާގެ 'ރަށު ބަދިގެ' އިން މެންގޯ ޕެޝަން ޓްރައިފްލް

ހުތް ރަހަ ލާ މިފަދަ ފޮނި އެއްޗެހި އެއް ބަޔަކަށް ވަރަށް ކަމުދޭ
31 މާރިޗު 2024

ފޮނި އެއްޗެއް ނަމަ ޗޮކުލެޓަކީ އެއް ބަޔަކަށް އެންމެ ކަމުދާ ރަހަ އެވެ. ނަމަވެސް، ހުތް ރަހަ ލާ ފޮނި އެއްޗެހި ވެސް ގިނަ ބަޔަކަށް ކަމުދެ އެވެ. އަހަންނަކީ ދެވަނަ ގުރޫޕުގެ މީހެކެވެ. އެކަމަކު، ހުތް ރަހަ ލީ ފޮނި އެއްޗެއް ހަދަން ވިސްނާ އިރު، ގިނަ ފަހަރަށް، ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ރެސިޕީތައް ހޯދުން ފަސޭހައެއް ނޫނެވެ.

މި ގެނެސްދެނީ 'ރަށު ބަދިގެ' ހިންގާ މަޒީނާ މުހައްމަދުގެ މެންގޯ ޕެޝަން ޓްރައިފްލް ރެސިޕީ އެވެ.

މެންގޯ ޕެޝަން ޓްރައިފްލް

ބޭނުންވާ ތަކެތި

180 ގްރާމު ހަޕްސެންގް ޕިންގް ޕޮންގް ޗީޒް ކްރެކާސް

400 ގްރާމު ދިވެހި އަނބު (ކޮށާފައި)

300 ގްރާމު ޕެޝަން ފުރުޓު

80 އެމްއެލް ވިޕިން ކްރީމް

2 އަލްމަރައި ކްރީމް ދަޅު

1 ދަޅު ގެރިކިރު (ވިނަ މިލްކް)

ކްރީމްގަނޑު ތައްޔާރު ކުރުމަށް

  • ވިނަ މިލްކް ގެރިކިރު، އަލްމަރައި ކްރީމް ދަޅު އަދި ވިޕިން ކްރީމް ބޯތައްޓަކަށް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. 

ޓްރައިފްލް އެތުރުމަށް

1- ތައްޔާރު ކުރަން ބޭނުންވާ ޓްރޭގައި ޗީޒް ކްރެކާ ބިސްކޯދު އަތުރަމުން ދާށެވެ. މިގޮތަށް އަތުރައިގެން ފުރަތަމަ ފަށަލަ ހަދާށެވެ. 

2- އެއްކުރި ކްރީމްގެ ފަށަލައެއް ބިސްކޯދުތައް މައްޗަށް އަޅާށެވެ. 

3- ކޮށި އަނބު ކޮޅަކާއި ޕެޝަން ފުރުޓު ކްރީމްތަކުގެ މައްޗަށް އަޅާލާށެވެ. 

4- މި ފަށަލަތައް ތަކުރާރުކޮށް އަދި އެއް ފަހަރު އަޅާށެވެ. 

5- ކެއުމުގެ 2-3 ގަޑިއިރު ކުރިން ޓްރޭ ފްރިޖަށް ލައި ފިނި ކޮށްލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް