ފަސޭހަ ރެސިޕީ: ގެރިކިރު ބޯކިބާ

ރެސިޕީ

ފަސޭހަ ރެސިޕީ: ގެރިކިރު ބޯކިބާ

26 މާރިޗު 2024

ބޭނުންވާ ތަކެތި

  • 1 ދަޅު ގެރިކިރު 

  • 4 ބިސް 

  • 250ގ ފުށް 

  • 1 ސައިސަމުސާ ބޭކިން ޕައުޑަރު

  • 200ގ ބަޓަރު

  • 1 ސައިސަމުސާ ވެނީލާ އެސެންސް 

  • 1 މޭޒުމަތީ ސަމުސާ ހަކުރު 

ތައްޔާރުކުރާނެ ގޮތް

ބަޓަރާއި ބިސް، ތައްޓެއްގައި ގިރާލާށެވެ. ރަނގަޅަށް އެއްވުމުން ގެރިކިރު އަދި ހަކުރު އަޅާލާފައި އެއްކޮށްލާށެވެ. އެއަށްފަހު، ފުށާއި ބޭކިން ޕައުޑަރު އަޅައި އެއްކޮށްލާށެވެ. ވިސްކެއް ނުވަތަ ހޭންޑް މިކްސަރެއް ވެސް ބޭނުން ކުރެވިދާނެ އެވެ. އެއްކޮށްް ނިމުމުން ޓްރޭއެއްގައި ބޭކިން ޕޭޕަރެއް ބޭއްވުމަށް ފަހު އަޅާލާށެވެ.

އަވަނަށް ޓްރޭ ލުމުގެ 10-12 މިނެޓް ކުރިން އަވަން 180ޑިގްރީއަށް ހޫނުކޮށްލަން ވާނެ އެވެ. އެއަށް ފަހު ޓްރޭ އަވަނަށް ލާފައި 170 ޑިގްރީގައި 35 މިނެޓް ވަންދެން ފިހެލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް