އެނދިނޭނދި

އިޝާން މި އޮތީ ވަރަށް ބޮޑަށް އަނދާފައި

ކޮކީގެ ނަމުގައި އެންމެން ވެސް ދަންނަ އަދި ދެކެފަރިތަވެފައިވާ މި ޒުވާނާ އަކީ ހަމައެކަނި ކުޅަދާނަ ލަވަކިޔުންތެރިއެއް ނޫން
20 މާރިޗު 2024

މައްޗަންގޮޅީ 'ހިއްތަލަވިލާ' ގައި ތިބީ ހުސް އާޓިސްޓުންނޭ ކިޔައިގެން ލިޔެވުނު ވަރެއް ވެސް ނޭނގެ އެވެ. މިފަހަރު ހިއްތަލަވިލާ އިން މޫސާ އިޝާނެވެ. ކޮކީގެ ނަމުގައި އެންމެން ވެސް ދަންނަ އަދި ދެކެފަރިތަވެފައިވާ މި ޒުވާނާ އަކީ ހަމައެކަނި ކުޅަދާނަ ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާގެ ކިބައިގައިވީ ހުށަހަޅައިދިނުމުގެ ހުނަރު ވަކިން އާދަޔާހިލާފެވެ. 'އެނދިނޭނދި' ގެ މި އައު ސެގްމަންޓުގައި އޭނާ ސާބިތުކޮށްދެނީ ވެސް އެކަމެވެ.

މިފަހަރުގެ ސެގްމަންޓުގައި އިޝާން އޭނާގެ ފޭނުންނާއި ބެލުންތެރިންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ނަސޭހަތަކީ ލޯބީގައި ކެހި ދިން މީހަކަށް ހަޔާތުން ދެ ވަނަ ފަހަރަށް ތަން ފުކެއް ވެސް ނުދިނުމަށެވެ. އެކަމަކު އޭނާ ދެނީ މި ނަސޭހަތް އެކަންޏެއް ނޫނެވެ. އަގުހުރި ނަސޭހަތްތަކުން ފަށައިގެން ގޮސް ހެއްވާ މަޖާ އެތައް ވާހަކައެއް އިޝާން ކިޔައިދިނެވެ.

އެއަށް ފަހު އޭނާ ބުނީ މިހެންނެވެ؛ މަ ހަމަ ރަނގަޅަށް ވެސް އަނދައިފިދޯ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް