ރ. އިންނަމާދޫގެ ވަޑި އަބްދުﷲ އާތިފް ބަނދެ، ބާލާފައިވާ ލަގްޒަރީ ސަފާރީ

ރ. އަތޮޅު

ދިވެހި ވަޑިއެއްގެ ހުނަރުވެރިކަން މި ލަގްޒަރީ ސަފާރީން

މިއީ ރ. އިންނަމާދުއަށް ނިސްބަތްވާ ވަޑިއެއް ކަމަށްވާ އަބްދުﷲ އާތިފް މިހާތަނަށް ބަން އެންމެ ބޮޑު އުޅަނދު

މިއީ ރ. އިންނަމާދޫގެ މާވަޑި އަބްދުﷲ އާތިފް ބަން ފަސްވަނަ ސަފާރީ އެވެ. އެކަމަކު ދުވަހަކު އޭނާ އަދި ނުބަންނަވަރުގެ ބޮޑު އަދި ފުރިހަމަ އުޅަނދެކެވެ. ލަގްޒަރީ  ސަފާރީގެ މަސައްކަތް ނިންމައި ބާލައި އިންނަމާދޫ ފަޅުތެރެއަށް ފުންކޮށްފައި އޮތް އިރު ގިނަ ބައެއްގެ ލޮލުގައި އެ ވަޑީގެ ހުނަރުވެރިކަން އަންނަނީ އަޅައިގަންނަމުންނެވެ.

ރ. އަތޮޅުގައި، ނޫނީ މިފަހުން ރާއްޖޭގައި ވެސް، ބަން އެންމެ ބޮޑު މި ސަފާރީގައި 45 މީޓަރު ހުރެ އެވެ. އުޅަނދުގެ ކޮޓަރިތަކާއި ފާހާނާތައް މިފަދަ އެހެން އުޅަނދުތަކާ ބަލާއިރު ބޮޑެއްޗެވެ. ސަފާރީގެ ވަށައިގެން ފެންނަނީ ހުނަރުވެރިކަމެވެ. ދިވެއްސެއްގެ ފަންނުވެރިކަމެވެ.

ރ. އިންނަމާދޫގެ ވަޑި އާތިފް ބަނދެ، ބާލާފައިވާ ލަގްޒަރީ ސަފާރީ

"އެންމެ ހިތްހަމަޖެހެނީ ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ލަސްނުވެ މި މަސައްކަތް ނިންމާލެވުނީމަ. އެއީ މިފަދަ މަސައްކަތެއްގައި ވަރަށް ބޮޑު ކާމިޔާބީއެއް،" އެއް އަހަރާއި ހަތް މަސް ދުވަހުން ނިންމާލި މަސައްކަތާ ގުޅޭގޮތުން، 48 އަހަރުގެ ވަޑި ބުންޏެވެ.

އާތިފަކީ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ވަޑިއެކެވެ. ފުރަތަމަ މާލެ ސަރަހައްދުގައި، މީހުންގެ ކައިރީގައި މަސައްކަތް ކުރުމަށް ފަހު، އަމިއްލަ ރަށުގައި ގާއިމްވެ ހުރެ މަސައްކަތް ކުރަން ނިންމީ 2006 ވަނަ އަހަރު އެވެ. އަމިއްލަ ކުންފުންޏަކާއި ދޯނި ބަންނަ ޔާޑެއް ހަދައިގެން މަސައްކަތް ފެށީ، ތަމްރީނުކޮށްފައިވާ މުވައްޒަފުން ބައިތިއްބައިގެންނެވެ.

ރ. އިންނަމާދޫގެ ވަޑި އާތިފް ބަނދެ، ބާލާފައިވާ ލަގްޒަރީ ސަފާރީ

ހުނަރުވެރި ވަޑިން ގިނަ އިންނަމާދޫގައި ފެށި މި ވިޔަފާރި ވަރަށް ކާމިޔާބެވެ. ފުރަތަމަ، ލަކުޑި އުޅަނދުގައި ފައިބަރު ޖަހައިގެން، ފަހުން މުޅިން އެއްކޮށް ފައިބަރުގައި ބޮޑެތި ދޯނިތައް ބަނެވެ. އަދި ވިޔަފާރި ފުޅާވެ، އާތިފްގެ ޔާޑުން ސަފާރީ ފަދަ އުޅަނދުތައް ބާލަން ފެށި އެވެ.

ރ. އިންނަމާދޫގެ ވަޑި އާތިފް ބަނދެ، ބާލާފައިވާ ލަގްޒަރީ ސަފާރީ

"މިހާރު ބާލާފައި އެ އޮތީ އަޅުގަނޑުގެ އެންމެ ބޮޑު ސަފާރީ. އަދި މިހާރު ވެސް އޭގެ އިތުރު ތިން ސަފާރީގެ މަސައްކަތް ކުރިއަށް އެބަދޭ،" މާލަސްތަކެއް ނުވެ އެ ސަފާރީތައް ވެސް ބޭލޭނެ ކަމުގެ ޔަގީންކަމާ އެކު އާތިފް ބުންޏެވެ.

ދިވެއްސަކަށް އޭނާ ބަނދެދިން އެ ސަފާރީއަކީ އޭގެ ވެރިމީހާ ޑިޒައިންކޮށްފައިވާ އުޅަނދެކެވެ. އެކަމަކު އެހާ ފުރިހަމަކޮށް އުޅަނދު ނިންމާލުމުގައި އާތިފްގެ ހުނަރުވެރިކަމާއި ޝައުގުވެރިކަން މުހިއްމު ރޯލެއް ކުޅެ އެވެ.

މިހާރު އޭނާގެ ކައިރީގައި ގިނައިން މަސައްކަތް ކުރަން އުޅެނީ ސްރީ ލަންކާގެ މީހުންނެވެ. އާތިފްގެ އުއްމީދަކީ އެ މަސައްކަތުގައި ގިނަ ދިވެހިން ބައިވެރިވެ، އެ މީހުންގެ ހުނަރުވެރިކަން ފެނުމެވެ.

ކޮމެންޓް (15)

އަކްސަމް

18 މާރިޗު 2024
ނުފެންނަ ތަފާތު ޑިޒައިންއެއްް. މަސައްކަތްތެރިކަން މިއޮތީ ފެންނަން. މީހުން ފަތުރާ ހަސަދަވެރި ވާހަކަތަކަށް އަޅާލާނެކަމެެއް ނެތް
5 0

ޗޮކްސް

18 މާރިޗު 2024
ސަޅި ޑިޒައިންއެއް. މަސައްކަތް ވެސް ރީތި
5 0

ސާލިމް

18 މާރިޗު 2024
ވަރަށް ފުރިހަމަ. ނަމަވެސް ބޯޓު ޑިޒައިންކޮއް ކުރެހީ ކޮންބޭފުޅެއްތޯ؟
8 2

ހުސެއިން

18 މާރިޗު 2024
ވަރަށް ވެސް ރީތި މަސައްކަތެއް. ފަސޭހަ ކަމެއެއް ނޫންމީ. ވަރަށް ގިނަމީހުން ހަސަދަވެރިވާތަން ފެންނާތީ ހައިރާންވެސް އެބަވޭ .
9 1

ފަލާހު

18 މާރިޗު 2024
ކޮބާހޭ ކަވަރުނާ ލާރީ
1 0

ޢަލި

18 މާރިޗު 2024
ކޮބާ މީހުން އަށް ދޭން ހުރި ލީރި
5 3

އޭނ

18 މާރިޗު 2024
@ޢަލި ލީރި އަކީ ކޯޗެއްތަ؟
0 0

އަސްލް

18 މާރިޗު 2024
@ޢަލި ލާރި ލިބެން ހުރިނަމަ ކީއްވެ މި ބޭފުޅާ ކައިރިއަށް ނުގޮސް ތިހުންނެވީ ؟
1 0

ލާރިކާއިބަލަ

18 މާރިޗު 2024
@ޢަލި ކަލެއަށްތަ
0 0

ބާގާ

18 މާރިޗު 2024
@އަސްލް ކޮމެންޓް ނުކޮށްދޯ
0 0

ޙިޔަނި

18 މާރިޗު 2024
ދިވެހިން ނޫލޭނެ ލާރި ނުދެންނާ. މަސާކަތް ކުރުވާފަ ލާރި ނުދޭ މާވަޑި
4 1

މެތްރިކްސް

18 މާރިޗު 2024
@ޙިޔަނި އައްސުތަ ؟ ކިހާވަރެއް ތިބޭފުޅައަށް ލިބެންޖެހޭ
1 0

ހަޖަމް

18 މާރިޗު 2024
@ޙިޔަނި މުސާރަ އެއް ނުދޭނެ މަސައްކަތަށް ނުނިކުންޔަކާ.
1 0

އެސްޓިމޭޓޭ

18 މާރިޗު 2024
@ޙިޔަނި މަސައްކަތް ނުކޮށް ލާރިކަނީ ދިވެހިން. އެސްޓިމޭޓަށް ކިޔަނީ ދެން ރުފިޔާނަގައިން ގޮސް ގޭގަ އޮންނަނީ
0 0

ޙަކީމް

18 މާރިޗު 2024
ކޮބާތަ ތީގެ ވެރިއަކީ؟
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް