'ލަމްސް ބޭކަރީ' އައިސް ޓީވީ އިން ދައްކާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 10 ޖަހާއިރު.

ޓީވީ ޝޯ

'ލަމްސް ބޭކަރީ' ކޮންމެ ހުކުރު ދުވަހަކު އައިސް ޓީވީ އިން

މި ޝޯގެ ކޮންމެ އެޕިސޯޑެއްގައި ދެ ސެލެބްރިޓީ ވާދަވެރިޔައަކު ބައިވެރިވެ އުނދަގޫ ކޭކުތައް އަޅަން މަސައްކަތް ކުރާނެ
17 މާރިޗު 2024

'ލަމްސް ބޭކަރީ'އަކީ ގޭގައި ކޭކު އަޅަން ޝައުގުވެރިވާ މީހުން، އޮންލައިންކޮށް ފެންނަ އުނދަގޫ ކޭކުތައް އަޅަން މަސައްކަތް ކުރާ ޝޯ އެކެވެ.

ލަމްހާ ލަތީފް ހުށަހަޅައިދޭ މި ޝޯގެ ކޮންމެ އެޕިސޯޑެއްގައި ވެސް ދެ ސެލެބްރިޓީއަކު، ހޮސްޓު ކަނޑައަޅާ ތީމަކަށް ކޭކަށް ޑެކަރޭޓު ކުރަން ޖެހެ އެވެ.

ކޮންމެ އެޕިސޯޑެއްގައި ވެސް ކޮންޓެސްޓެންޓުންނަށް އިތުރު ގޭމްތަކާއި ޗެލެންޖުތައް ފުރިހަމަކުރަން ޖެހޭނެ އެވެ. ގޭމް އަދި ޗެލެންޖުތަކުން މޮޅުވާ ކޮންޓެސްޓެންޓަށް ހޮސްޓުގެ އެހީތެރިކަމަށް އެދެވޭނެ އެވެ. ނުވަތަ އިދިކޮޅު ކޮންޓެސްޓެންޓަށް އިތުރު ބުރަތައް ކުރިމަތިކުރަން މަސައްކަތް ކުރެވިދާނެ އެވެ.

ކޮންމެ އެޕިސޯޑެއްގައި ވެސް މޮޅުވާ ކޮންޓެސްޓެންޓް ކަނޑައަޅާނީ ކޭކުގެ ޑެކަރޭޝަނަށް ބަލާފަ އެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ރޭ 10 ޖަހާއިރު އައިސް ޓީވީއިން ގެނެސްދޭ މި ޝޯގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ ދައްކާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް