ނޯޓް ކޮސްމެޓިކް އިން އަންހެނުންނަށް ބާއްވާ 1 މޭލުގެ ދުވުން ލޯންޗުކުރަނީ

ނޯޓް ކޮސްމެޓިކުން ބޮޑު އިނާމަކާ އެކު އަންހެނުންގެ ދުވުމެއް ބާއްވަނީ

އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ކެންސަރަށް ހޭލުންތެރި ކުރުމުގެ މަގްސަދުގައި ބާއްވާ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި
18 ފެބްރުއަރީ 2024

ނޯޓް ކޮސްމެޓިކުން އަންހެނުންނަށް ހާއްސަކޮށްގެން 1 މޭލުގެ (1.6 ކިލޯމީޓަރު) ދުވުމެއް 26 އޭޕްރިލްގައި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އައިރަނާސް އިން އިންތިޒާމް ކުރާ މި ދުވުމުގެ ބައިވެރިންގެ ތެރެއިން ހޮވާ ނަސީބުވެރިންނަށް 200،000 ރުފިޔާގެ މޭކަޕް އާއި ކޮސްމެޓިކްސް ދިނުމަށް ނޯޓް ކޮސްމެޓިކް އިން ވަނީ ނިންމައިފަ އެވެ. ރަޖިސްޓްރީވުމުގެ މަރުހަލާއިން ފެށިގެން ރޭސް ނިމުމާ ހަމައަށް ގުރުނަގައި، ނަސީބުވެރިން ހޮވަމުން ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އައިރަނާސްއިން ބުނީ މި ދުވުމުގެ މަގުސަދަކީ އަންހެނުންގެ ފިޓްނަސް ޕްރޮމޯޓްކޮށް، އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ކެންސަރަށް ހޭލުންތެރިކުރުވުން ކަމަށެވެ.

ނޯޓް ކޮސްމެޓިކް އިން އަންހެނުންނަށް ބާއްވާ 1 މޭލުގެ ދުވުން ލޯންޗުކުރުމުގެ ހަފްލާގައި، އެ ފިހާރައިން ވިއްކާ ބައެއް ތަކެތި ދައްކާލަނީ
ނޯޓް ކޮސްމެޓިކް އިން ބާއްވާ ދުވުމުގެ މައުލޫމާތު

ދުވުމުގެ ރެޖިސްޓްރޭޝަން ފީގެ ވަކި ޕަސަންޓޭޖެއް ކެންސަރު ބައްޔަށް ހޭލުންތެރިކުރާ ޖަމްއިއްޔާއަކަށް ދިނުމަށް ނޯޓު ކޮސްމެޓިކުން ވަނީ ނިންމައިފަ އެވެ.

އަންހެނުންނަށް ހާއްސަކޮށްފައިވާ މި ދުވުމުގައި 12 އަހަރުން ދަށުގެ ފިރިހެން ކުދިންނަށް ވެސް އާއިލާއާ އެކު ބައިވެރިވެވޭނެ އެވެ.

ދުވުމުގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ފީ އަކީ 200 ރުފިޔާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް