ނައިކީގެ ޕެގަސަސް ޕްރީމިއަމް: ދުވުންތެރިންނަށް ހާއްސަ ބޫޓެއް

ފެޝަން

ނައިކީގެ 'ޕެގަސަސް ޕްރިމިއަމް' އަކީ ދުވުންތެރިންނަށް ހާއްސަ ބޫޓެއް

ޕެގަސަސް ޕްރިމިއަމުން ޒަމާނީ ޓެކްނޮލޮޖީ ހިތްހަމަޖެހުމާ އެއްކޮށްލައި، ދުވުންތެރިންނަށް ލުއި އަދި ހަރުދަނާ ތަޖުރިބާއެއް ލިއްބައިދޭ
14 އޭޕްރީލު 2024

އެމެރިކާއަށް ނިސްބަތްވާ ބޮޑު ކުންފުނި ނައިކީ އިން މި މަހު ވަނީ ދުވުންތެރިންނަށް ހާއްސަ އެންމެ ފަހުގެ ބޫޓު 'ޕެގަސަސް ޕްރިމިއަމް' ތައާރަފު ކޮށްފަ އެވެ. ނައިކީގެ 'ޕެގަސަސް' ސީރީޒްގައި ހިމެނޭ މި ބޫޓު ރަސްމީކޮށް ވިއްކަން ފަށާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގަ އެވެ.

ނައިކީ ޕެގަސަސް ޕްރިމިއަމް އަކީ ފައިގެ ގުދުރަތީ ބައްޓަމަށް އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ނައިކީގެ ފުރަތަމަ 'އެއާ ޒޫމް' ޔުނިޓާ އެކު އުފައްދާފައިވާ ބޫޓެކެވެ.

މި އުފެއްދުންތެރި ބައްޓަމުގެ ސަބަބުން ބޫޓަށް އަރައިގެން އަޅާ ކޮންމެ ފިޔަވަޅަކާ އެކު ބާރު ލިބި ދުވުންތެރިން ހަރަކާތްތެރިކޮށް އުޅެން ފަސޭހަ ކޮށްދެ އެވެ. 

ނައިކީގެ 'ޕެގަސަސް ޕްރިމިއަމް' 

ބޫޓުގެ 'މިޑްސޯލް'ގައި ޒޫމް އެކްސް ފޯމް ބޭނުންކޮށްފައި އަދި ރިއެކްޓް އެކްސް ފޯމް ބޫޓުގެ ފުންނާބުގައި ބޭނުންކޮށްފައިވަނީ ދުވުންތެރިންނަށް ފުރިހަމަ އަދި ހަކަތަ ވަރުގަދަ ތަޖުރިބާއެއް ދިނުމަށެވެ.

ނައިކީ އަކީ އަބަދުވެސް ޓެކްނޮލޮޖިކަލް އުފެއްދުންތެރިކަމަށް އަހައްމިއްޔަތު ދޭ ކުންފުންޏެކެވެ. އަދި 'ޕެގަސަސް ޕްރިމިއަމް'ގައި ނައިކީ އެއާ އަދި އެކި 'ފޯމް ޓެކްނޮލޮޖީޒް' ބޭނުންކޮށްފައިވަނީ ދުވުންތެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމުގެ އިތުރުން އަރައިގެން އުޅެން ފަސޭހަ ބޫޓަކަށް ހެދުމަށެވެ. ބޫޓުގައިވާ އެއާ ޒޫމް ޔުނިޓް އަކީ 'ފޯފޫޓް' އިން ފެށިގެން 'ހީލް'އާ ހަމައަށް ހަރުކޮށްފައިވާ ބައެކެވެ. މީގެ ސަބަބުން ދުވުންތެރިންނަށް ފިޔަވަޅު އަޅަން ފަސޭހަވެފައި ގިނަ އިރު ބޫޓަށް އަރައިގެން އުޅެން ފަސޭހަ އެވެ.

ނައިކީ ޕެގަސަސް ޕްރިމިއަމްއަކީ ފައިގެ ކޮންމެ ބަޔަކަށް ފަސޭހަ ވާ ގޮތަށް ފަރުމާކޮށްފައިވާ ބޫޓެކެވެ. މިއީ ނައިކީ 'އެއާ މެނުފެކްޗަރިން އިނޮވޭޝަން ފެސިލިޓީ' އާއި ނައިކީ 'ސްޕޯޓް ރިސާޗް ލެބް' ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

'ޕެގަސަސް ޕްރިމިއަމް' ރަސްމީކޮށް ފިހާރަތަކުންނާއި ނައިކީ ވެބްސައިޓުން ވިއްކަން ފަށާއިރު އެކި ކުލަތަކުން ލިބެން ހުންނާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް