އަލީ ރަމީޒުގެ އެދުމަށް އޭނާގެ ފޭސްބުކް ޕޭޖްގައި ތ. ބުރުނިން އައިމިނަތު ޝިފްނާ ހިމެނި ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް

ވީޑިއޯގްރަފީ

އަލީ ރަމީޒް އެދުނީ ވާރޭ ވެހޭ މަންޒަރުގެ ވީޑިއޯ ކްލިޕްތަކަކަށް، މިހާރު ވެސް އެތައް ސަތޭކަ ވީޑިއޯއެއް ލިބިއްޖެ

އާންމުން ފޮނުވާ ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯއަކަށް 500ރ. ގެ އިނާމެއް ވަނީ ހުށައަޅާފައި
28 ސެޕްޓެމްބަރު 2023
1

މިއީ އެކަހަލަ ފުރުސަތެއް ހުޅުވާލަން ހަމަ އެންމެ ރަނގަޅު ދުވަސްކޮޅެކެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފަން ވެސް އެންމެ ރަނގަޅު ދުވަސްކޮޅެއް މެ އެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުކުރި، ވާރޭވެހޭ ވީޑިއޯކޮޅަށް، އެފަދަ ވީޑިއޯއަކުން ކޮމެންޓުކޮށްގެން އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯއަށް 500ރ. ގެ ފައިސާގެ އިނާމު ދޭން ވަނީ ހުޅުވާލައިފަ އެވެ.

ގއ. ކަނޑުހުޅުދޫން އަޒްވާންގެ ވީޑިއޯގެ ފޮޓޯއެއް

އަލީ ރަމީޒުގެ މި ފުރުސަތު އޮންނާނީ މާދަމާގެ އިރުއޮއްސުމާ ހަމައަށެވެ. ވީޑިއޯ ކޮމެންޓް ފޮނުވަން ވަކި އުސޫލެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން؛ 

  • 1-

    ކޮންމެ މީހަކަށް ވެސް ލެވޭނީ އެންމެ ވީޑިއޯ ކްލިޕެއް

  • 2-

    އަމިއްލައަށް ނަގާފައިވާ ކްލިޕަކަށް ވުން

  • 3-

    ފޯނަކުން ނަގާފައިވާ ކްލިޕަކަށް ވުން

  • 4-

    އަހުލާގީ މިންގަނޑުތަކަށް ފެތުން

  • 5-

    ވީޑިއޯއިން ފެންނަ ތަނުގެ ނަން، ނުވަތަ ރަށުގެ ނަން ޖެހުން

  • 6-

    ވީޑިއޯ ކްލިޕް ނެގިއިރުގެ އަޑު އެކަނި ހިމެނުން/އެހެން އަޑެއް ނުހިމެނުން

  • 7-

    މާދަމާ، 29 ސެޕްޓެމްބަރު ވާ ހުކުރުދުވަހުގެ އިރު އޮއްސުމުގެ ކުރިން ޕޯސްޓުކުރުން

ސޯޝަލް މީޑިއާގައި ރާއްޖޭގެ އެންމެ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ހިމެނޭ އަލީގެ ޕޯސްޓަށް މިހާރު ވެސް އެތައް ބަޔަކު ވަނީ ވީޑިއޯ ފޮނުވައިފަ އެވެ. މިހާތަނަށް 2،000އާ ގާތްކުރާ އަދަދަކަށް ލައިކްސް ލިބުނު އިރު 900 އަށް ވުރެ ގިނަ ވީޑިއޯ ކްލިޕް ފޮނުވައިފި އެވެ.

ކ. މާފުށި ކައިރިން ޖެޓްސްކީއެއްގައި އިބްރާހިމް ރިޒާމް ނެގި ވީޑިއޯގެ މަންޒަރެއް

ދޮންކެޔޮ ފަތްތަކުގެ މައްޗަށް، ރަށްރަށުގެ ވެލި މަގުތަކަށް، ސިނަމާލެ ބްރިޖަށް ގޮނޑުދޮަށްތަކަށް، މިހެން ގޮސް އެކި ތަންތަނަށް ވާރޭ ވެހޭ ވީޑިއޯތައް އަންނަނީ ލަމުންނެވެ.

ވާރެއާ ގުޅިފައި ހުރި އެހެން ބައެއް މަންޒަރުތަކުގެ ވީޑިއޯ ވެސް ފެނެ އެވެ. އެގޮތުން  ކަރަންޓު ނަރެއްގެ ތެރެއިން ފެން ލީކުވާ ވީޑިއޯއެއް ވަނީ ހިމަނައިފަ އެވެ.

ކުޅުދުއްފުށިން މެޑް އަހުމަދުގެ ވީޑިއޯގެ ފޮޓޯއެއް
ކުރަމަތި މޯލްޑިވްސް ކައިރި ކަނޑުން ޝާދިން ނެގި ވިއްސާރައިގެ ވީޑިއޯއެއް

މި ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ ކޮބައި ކަމެއް އަލީ ރަމީޒު ބުނެފައެއް ނުވެ އެވެ. އެކަމަކު މިއީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ކަމުން، އޭނާ ބޭނުންވާ ކަހަލަ ވީޑިއޯއެއް ލިބުން ވަރަށް ކައިރި އެވެ.

ކޮމެންޓް (1)

ޢުމަރު1234

28 ސެޕްޓެމްބަރު 2023
އަލީ އާ ކަމެއް ފަށައިފި.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް