ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އާޓް

އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން ގިނަ ދުވަސްތަކަކަށް ފަހު ހުޅުވައިފި

އެ ކަލެކްޝަންގައި ދިވެހި އިސް އާޓިސްޓުންގެ 44 ވަރަކަށް މަސައްކަތް ހިމެނޭ

ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އެ ކަލެކްޝަން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. 

މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި:

  • އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން 

  • މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން 

  • ނެޝަނަލް އާޓް ގެލެރީ އަދި ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް (އެންސީއޭ)ގެ އިސްވެރިން 

  • އާޓިސްޓުން

ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ރާއްޖޭގެ އިސް އާޓިސްޓުންގެ މަސައްކަތްތައް ހިމެނޭ ކުރެހުންތަކުގެ ކަލެކްޝަން ނޭޝަނަލް އާޓް ގެލެރީގައި ދާއިމީ ގޮތަކަށް ދައްކާލަން ބަހައްޓާފައި ހުންނާނެ އެވެ. އެގޮތުން، އެ ކަލެކްޝަންގައި ދިވެހި އިސް އާޓިސްޓުންގެ 44 ވަރަކަށް މަސައްކަތް ހިމެނެ އެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި، ގައުމެއްގެ ގައުމީ އާޓް ގެލެރީގެ ދާއިމީ ކަލެކްޝަނަކީ އެ ގައުމުގެ ސަގާފަތާއި ފަންނުވެރިކަން ދައްކައިދިނުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބައެކެވެ. ދާއިމީ ކަލެކްޝަނުން އެ އަގުހުރި މަސައްކަތްތައް ފެންނަން ހުރުމުން، ރާއްޖޭގެ އާޓްސް އަދި ސަގާފަތް ދިރުވައި ޒުވާނުން ހޭލުންތެރިވާން އެހީތެރިވެދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މިނިސްޓަރު ވިދާޅުވި ގޮތުގައި، ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން ހުޅުވުމަކީ ފެށުމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އާޓް ގެލެރީ އަދި އާޓްސް އެންޑް ކަލްޗާ ސެންޓަރުތައް ހުޅުވަން އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ގިނަ އަހަރުތަކަކަށް ފަހު ހުޅުވި ގެލެރީގެ ދާއިމީ ކަލެކްޝަން އާއްމުންނަށް ހުޅުވާލީ ނޭޝަނަލް އާޓް ގެލެރީ މަރާމާތުކޮށް، ފެންވަރު މަތިކުރުމަށް ފަހު އެވެ.

އެ ރަސްމިއްޔާތުގައި އާޓިސްޓު އަހްމަދު އަޒްމީ (ބާޗީ) ބުނި ގޮތުގައި، ގެލެރީގެ ލައިޓިން އަދި ޕެނަލް ބޯޑުތައް ވަނީ ޒަމާނީ ފެންވަރަކަށް ގެނެސްފަ އެވެ. މީގެ އިތުރުން، މައުރަޒުތަކަށް ތައްޔާރުވުމަށް އާޓިސްޓުންނަށް ބޭނުންކުރެވޭނެ 'ޕްރެޕް ރޫމެއް' ހުންނާނެކަން ވެސް އޭނާ ފާހަގަކުރި އެވެ.

މި ތަން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ބޭނުމަކީ އާޓިސްޓުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، އެ މީހުންގެ މަސައްކަތް ދައްކާލަން ފަސޭހަކޮށްދިނުން ކަމަށް އަޒްމީ ބުންޏެވެ.

އާޓް ގެލެރީގެ ދާއިމީ ކަލެކްޝަނަށް ރާއްޖޭގެ އިސް އާޓިސްޓުންގެ މަސައްކަތްތައް ޖަމާކުރަން ފެށީ 2006 އިން ފެށިގެން 2010އާ ހަމައަށެވެ. އަދި ދާއިމީ އާޓް ކަލެކްޝަނަށް އިތުރު ކުރެހުންތައް އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނޭޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ކޮމެންޓް (1)

ހަސަން

28 މޭ 2023
ޝުކުރިއްޔާ ސަރުކާރު، ޝުކުރިއްޔާ ޔުމް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް