ވިވެކް އޮބެރޯއީ 'އިންޑިއަން ޕޮލިސް ފޯސް'ގައި ފެންނާނެ ގޮތް
ވިވެކް ވެސް 'އިންޑިއަން ޕޮލިސް ފޯސް'އާ ގުޅިއްޖެ
އެމެޒޯންގެ ޕްރައިމް ވީޑިއޯއާ ގުޅިގެން ރޯހިތު ޝެޓީ ގެނެސްދޭ 'އިންޑިއަން ޕޮލިސް ފޯސް'ގެ ޓީމާ ވިވެކް އޮބެރޯއީ ވެސް ގުޅިއްޖެ އެވެ.
މިއީ އިންޑިއާގައި އުފައްދާ އެންމެ ވަރުގަދަ އެކްޝަން ސީރީޒް އަށް ވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ.
މި ސީރީޒްގެ މަސައްކަތާ ގުޅި، ވިވެކް ވަނީ ސީރީޒްގައި އޭނާ ފެންނާނެ "ލުކް" އިންސްޓަގްރާމުގައި އާއްމުކޮށްފަ އެވެ.
އަށް އެޕިސޯޑުގެ މި ސީރީޒް އިން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ސިދާތު މަލޯތުރާ ވެސް ހިމެނެ އެވެ.
ސީރީޒްގެ ޝޫޓިން މިހާރު މުމްބާއީގައި ކުރިއަށް ދާއިރު މިއީ އިންޑިއާގެ ފުލުހުން ގައުމަށްޓަކައި ކުރާ ހިދުމަތް ދައްކައިދޭނެ އުފެއްދުމަކަށް ވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.