ޑިޓިއުން ބޭންޑް އައްޑޫގައި، އެދެނީ ވޯޓު ދިނުމަށް

ޑިޓިއުން

ޑިޓިއުން އަބަދު ވެސް އެކުގައި؛ އެ ބޭންޑަށް ވޯޓެއް ދެމާ

އެމްއެސްއެމްއީ އެވޯޑުގައި އެންެމެ ރަނގަޅު ބޭންޑުގެ ގޮތުގައި ޑިޓިއުން ހޮވުމަށް ވޯޓް ދޭނީ MSME (ހުސްތަންކޮޅެއް) DT ޖެހުމަށް ފަހު 4334 އަށް
3 ނޮވެމްބަރު 2025

މިދިޔަ ހަފްތާ ބަންދު ދިވެހި މިޔުޒިކީ ބޭންޑް، "ޑިޓިއުން"އަށް ވަރަށް ވެސް ހާއްސަ އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އައްޑޫގައި ތިން ދުވަހަށް ކުރިއަށް ގެންދިޔަ ހަފްތާ ބަންދު، ކާނިވަލްގެ ތެރެއިން ޑިޓިއުންއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ދިން ޝޯއަކީ އެ ބޭންޑުން އައްޑޫގައި ދިން ފުރަތަމަ ޝޯއެވެ.

އައްޑޫ ސިޓީ ސްކޮޔާގައި ބޭއްވި ޝޯގައި އެ ބޭންޑުގެ ހުށަހެޅުންތަކަށް އައްޑޫގެ ގިނަ ބައެއްގެ ސަމާލުކަން ލިބި އެތައް ބަޔަކު އުފާކޮށްދިނެވެ. އެ މީހުން އެ ތިބީ އުފަލުންނެވެ.

އުފަލުން، ހިތްތައް ޝުކުރުން ފުރިފައި

ޑިޓިއުންއަށް މިވީ 19 އަހަރުގެ ތެރޭގައި އެ ބޭންޑުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝޯތައް ދީފަ އެވެ. އީދު ޝޯތަކާއި އެކި މުނާސަބަތުތަކުގަ އެވެ. އެކަމަކު އައްޑޫ މި އެ ބޭންޑަށް މިހާ ހާއްސަވެގެން މި އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

މި އެވޯޑް ޑިޓިއުންއަށް ލިބިއްޖެނަމަ، ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް އެ ލިބެނީ. މިއީ މިއުޒިކް އިންޑަސްޓްރީ އިތުރަށް ކުރިއަށް ދިޔުމަށް މުޅި އިންޑަސްޓްރީއެއް ލިބޭނެ ކުރިއެރުމެއް

ފާތިމަތު ފެޒްލީން، ޑިޓިއުންގެ ބޭންޑް ލީޑް

ބޭންޑުގެ ލީޑަރު އަދި ލީޑް ވޯކަލިސްޓް ފާތިމަތު ފެޒްލީން (ފެޒޫ) ބުނި ގޮތުގައި، ރަށަކުން މިވަރުގެ ސަޕޯޓެއް އަދި ފޯރިއެއް ފެނިފައެއް ނުވެ އެވެ. އައްޑޫގެ ފުރަތަމަ ތަޖުރިބާއާ މެދު އޭނާ އާއި ބޭންޑުގެ ހުރިހާ މެންބަރުން ތިބީ ވަރަށް ހިތްހަމަޖެހި އުފަލުންނެވެ.

އޭނާ ބުނީ ޒުވާނުންނާއި އެކި އުމުރުފުރައިގެ އެތައް ބަޔަކު ޖަމާވެ ސަޕޯޓްކުރުމަކީ ބޭންޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި އާންމުންގެ ފަރާތުން ޑިޓިއުންގެ ހުށަހެޅުމަށް ވަރަށް ބޮޑަށް ތައުރީފްކޮށް އަގު ވަޒަންކުރި ކަމަށް ފެޒޫ ބުންޏެވެ.

އައްޑޫ ސްކޮޔާގައި ބޭއްވި ބޭންޑުގެ ހުށަހެޅުން

"އައްޑޫގެ ފުރަތަމަ ތަޖުރިބާ ވަރަށް ހިތްހަމަޖެހޭ. އެތައް ބަޔަކު އައިސް ސަޕޯޓްކޮށް ހެދި. ވަރަށް އުފަލުން މިތިބީ،" ފެޒޫ ބުންޏެވެ. "މިގޮތަށް އަގު ވަޒަންކުރުމަކީ އެންމެ ބޮޑު އުފާ."

އެ ބޭންޑުގެ އައްޑޫ ހުށަހެޅުންތައް ސޯޝަލް މީޑިއާގައި ވެސް ވަނީ މަގުބޫލުކަން ހޯދައިފަ އެވެ.

އެދެނީ އާންމުންގެ އެހީއަށް

މި ފޯރިގަދަ ހުށަހެޅުމާ އެކު، ޑިޓިއުންއިން އާންމުންގެ ފަރާތުން އެދޭ ބޮޑު އެދުމެއް އެބަ އޮތެވެ. އެއީ، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ އެމްއެސްއެމްއީ އެވޯޑަށް މުނިފޫހިފިލުވުމުގެ ދާއިރާއިން ޑިޓިއުން ބޭންޑް ނޮމިނޭޓްވެފައި ވާތީ އެ އެވޯޑް ކާމިޔާބުކުރުމަށް އާންމުން އެ ބޭންޑަށް އެހީތެރިވުމަށް އެސްއެމްއެސްކޮށްދިނުމަށެވެ.

މި އެވޯޑަކީ ދިވެހި ވިޔަފާރިތަކުގެ ކުރިއެރުމަށް ދެވޭ ވަރަށް މުހިންމު އެވޯޑެކެވެ.

ޑިޓިއުން ބޭންޑް އައްޑޫގައި

ޑިޓިއުންއަށް ވޯޓް ދޭނީ ކިހިނެއް؟

ޑިޓިއުންގެ އެދުމަކީ، އެ ބޭންޑުގެ މަސައްކަތަށް އަދި ދިވެހި މިއުޒިކަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ސަޕޯޓްކޮށް އެސްއެމްއެސްކޮށްދިނުމެވެ. އެ ވޯޓްދޭން މާ ބޮޑު ކަމެއް ކުރާކަށް ނުޖެހެ އެވެ. އެސްއެމްއެސްއެއް ފޮނުވާލަން ޖެހެނީ އެވެ. އެސްއެމްއެސް ކުރާނީ:

MSME [ހުސްތަންކޮޅެއް] DT ޖެހުމަށް ފަހު 4334 އަށް

ހަނދާންކޮށް މި ރޭ، 3 ނޮވެމްބަރުގެ 11:59ގެ ކުރިން އެސްއެމްކުރާށެވެ.

ޑިޓިއުންއަށް ވޯޓް ދިނުމަށް ބާބާ ގާޑިޔާއިން ޕްރޮމޯޝަންގައި ބައިވެރިވަނީ

"މި އެވޯޑް ޑިޓިއުންއަށް ލިބިއްޖެނަމަ، ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް އެ ލިބެނީ. މިއީ މިއުޒިކް އިންޑަސްޓްރީ އިތުރަށް ކުރިއަށް ދިޔުމަށް މުޅި އިންޑަސްޓްރީއެއް ލިބޭނެ ކުރިއެރުމެއް،" ފެޒޫ ބުންޏެވެ.

އިތުބާރަށް ޝުކުރިއްޔާ

ފެޒޫ ބުނީ އެ ބޭންޑުގެ ކުރިއެރުމަކީ އާންމުންގެ ފަރާތުން އެ ބޭންޑަށް ދޭ އިތުބާރާއި ހިތްވަރެވެ. އާންމުން އެ ބޭންޑު ބަލައިގަތުމެވެ. އެ ބޭންޑަކީ ރޫޅި ނުގޮސް އެންމެ ގިނަ ދުވަސްވީ ބޭންޑެވެ. ރިސޯޓް މިޔުޒިކުން ފެށިގެން ގޮސް، ދިވެހި އަސްލު ލަވަތައް އެ ބޭންޑުން ގެނެސްދީފައިވެ އެވެ. މިޔުޒިކީ ދުނިޔެއަށް މުޅި ރާއްޖެއަށް އެ ބޭންޑުގެ ހިދުމަތް ބޮޑެވެ. އެހެންވެ، އެ ބޭންޑަށް ވަނީ ޕާފޯމިން އާޓުގެ ދާއިރާއިން ގައުމީ ހިދުމަތުގެ އިނާމު ވެސް 2022ގައި ލިބިފަ އެވެ. އަދި ޓޫރިޒަަމަށް 50 އަހަރު ފުރުމުގެ ގޮތުން ދިން ގޯލްޑަން ޖުބްލީ އެވޯޑް ވެސް އެ ބޭންޑަށް ލިބިފައިވެ އެވެ.

"އާންމުން ތިބޭ އިތުބާރަށް، ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެމްއެސްއެމްއީ އެވޯޑުގައި ހޯދުމަށް އަޅުގަނޑުމެންނަށް އެހީތެރިވެދެއްވައި އެ އިތުބާރު ދަމަހައްޓާނޭ ކަމަށް އުންމީދުކުރަން. މިއީ އަޅުގަނޑުމެންނަށް ލިބޭނޭ ވަރަށް ބޮޑު ހިތްވަރެއް،" ފެޒޫ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް