'ލޯބިން'ގެ ފުރަތަމަ ޓީޒާއިން ފެންނަނީ ލޯތްބާއި އަނިޔާ

އޮލިމްޕަހުގައި 6 އޮގަސްޓްގައި އަޅުވާ ފިލްމަކީ އައިފިލްމްސްގެ ހަތަރު ވަނަ އުފެއްދުން. ކުރީގެ ފިލްމުތަކަށް ބެލުންތެރިންގެ ތަރުހީބު ބޮޑު
16 ޖޫން 2025
1

އިލްޔާސް ވަހީދުގެ ފިލްމު ކުންފުނި އައިފިލްމްސްގެ ހަތަރު ވަނަ އުފެއްދުން ކަމަށްވާ 'ލޯބިން' ނެރޭ ދުވަސް މިި އަންނަނީ ކައިރިވަމުންނެވެ. ހަމަޖައްސާފައި ވަނީ އޮލިމްޕަހުގައި 6 އޮގަސްޓްގައި ފިލްމު ރިލީޒްކުރާށެވެ.

މިއީ އައިފިލްމްސް އާއި ލައިޓްސް އައުޓް ޕްރޮޑަކްޝަން، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ޕެންޑިއުލަމް އިންވެސްޓްމަންޓް ގުޅިގެން އުފައްދާ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ ވެސް މިހާރު ވަނީ ނެރެފަ އެވެ. ލީޑް ތަރިންނަކީ ފާތިމަތު މައިޝާ އާދަމް (ތާތި) އާއި އިފްނާޒް ފިރާގް އަދި އަހުމަދު ޝާރިފް އެވެ.

ޓީޒާގައި ލޯބީގެ ހިތްގައިމު ލަވައެއްގެ ތެރެއިން ތިން ތަރިން އެކުގައި ފެނެ އެވެ.

މިނެޓެއްގެ މި ޓީޒާގެ މެދާ ހިސާބުން ދެން ފެންނަނީ ފިލްމުގައި ހިމެނޭ އެހެން ބައެއް ބައިތަކެވެ. އަނިޔާވެރި މަންޒަރުތަކެއް ދައްކަ އެވެ. އެހެންކަމުން މިއީ ހަމައެކަނި ލޯބީގެ ފިލްމެއްގެ ބަދަލުގައި ތަފާތު އެކި އިހުސާސްތައް ހިމެނޭ ފިލްމެެއް ކަަމަށް ބެލެވެ އެވެ.

ޝާރިފަކީ ގިނަ ފިލްމުތަކެއްގައި ވިލަންގެ ރޯލުތަކުން ފެންނަ މޫނެކެވެ. އެހެންކަމުން އޭނާގެ ކެރެކްޓާ 'ލޯބިން'ގައި ފެންނާނެ ގޮތަކާ މެދު ބެލުންތެރިން ވިސްނާނެ އެވެ.

ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ މައިޝާ (ތާތި)ގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލެވެ. މި ފިލްމު ކުޅެން އޭނާ ވަނީ 16 ކިލޯ ލުއިކޮށްފަ އެވެ.

'ލޯބިން' ކުޅެން ތާތި ވަނީ 16 ކިލޯ ލުއިކޮށްފައި (ފޮޓޯ އައިފިލްމްސް)

މީގެ ކުރިން އައިފިލްމްސްގެ އުފެއްދުންތައް ކަމަށްވާ 'ބަވަތި' އާއި 'ނީނާ'އަށް ބެލުންތެރިނގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. އެހެންކަމުން 'ލޯބިން'އާ މެދު ވެސް ބެލުންތެރިންގެ ޔަގީންކަން އޮންނާނެ އެވެ.

ކޮމެންޓް (1)

ޙަމްކޮ

18 ޖޫން 2025
ސަޅި ފިލްމަކަށްވާނެ ކަމަށް އުންމީދުކުރެވޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް