'ހިންތާ'ގެ ޕޯސްޓަރެއް.

މީޑިއާނެޓް

'ހިންތާ' ސީރީޒްގެ ފިނާލޭ މި ބުރާސްފަތީގައި ދައްކަނީ

ކޯޕަރޭޓް ތްރިލާ ޖޮންރާގެ މި ސީރީޒްއަށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައި
25 މާރިޗު 2025

ރާއްޖޭގެ އެންމެ ބޮޑު ވީޑިއޯ އޮން ޑިމާންޑް ހިދުމަތް، މީޑިއާނެޓުގެ ވީޑިއޯކްލަބުގައި މިދިޔަ މަހުން ފެށިގެން އެއް ވަނައިގައި އޮތް 'ހިންތާ' ސީރީޒްގެ މި ސީޒަން ވަނީ ނިމުމަކާ ގާތްވެފަ އެވެ. 'ހިންތާ'ގެ ފިނާލޭ އެޕިސޯޑު މި ބުރާސްފަތި ދުވަހު ވީޑިއޯކްލަބަށް ރިލީޒްކުރާނެ އެވެ. މި ސީރީޒް އަދި ނުބަލާ ފަރާތްތަކަށް ފިނާލޭއަށް ފަހު މި ސީރީޒްގެ ހުރިހާ އެޕިސޯޑެއް ބިންޖުކޮށްގެން ބަލާލެވޭނެ އެވެ.

ކޯޕަރޭޓް ތްރިލާ ޖޮންރާގެ މި ސީރީޒްއަށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ. މިއީ ދިވެހިންނަށް އާ ރަހައެއްގެ ސީރީޒެއް ކަމުން ގިނަ ބައެއްގެ ޝައުގުވެރިކަންވަނީ މި ސީރީޒްއަށް ލިބިފަ އެވެ. 'ހިންތާ' ސީރީޒްގެ ވާހަކަ އާއި މަންޒަރުތަކުގެ އިތުރުން މި ސީރީޒްގައި ފެނިގެންދާ ތަރިންގެ އެކްޓިންގެ މޮޅު ކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

ސީރީޒް ރިލީޒްކުރި ދުވަހުން ފެށިގެން ގިނަ ބަޔަކު އަންނަނީ މި ސީރީޒްއަށް އަދި ހާއްސަކޮށް ރާއީއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެކްޓިންގެ މޮޅުކަމާއި އެކްސްޕްރެޝަންތަކުގެ ފުރިހަމަކަމުންނެވެ.

ރާއީގެ އިތުރުން ފިލްމެއްގެ ލީޑު ރޯލުން ފުރަތަމަ ފަހަރަށް ފެނިގެންދާ ސާމީގެ ހުނަރުވެރި އެކްޓިންއަށް ވެސް ގިނަ ބަޔަކު އަންނަނީ ސާބަސް ދެމުންނެވެ.

ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރިންތަކެއް ވެސް މި ސީރީޒުން ފެނިގެންދެ އެވެ. އޭގެ ތެރޭގައި:

  • ހަސަން މަނިކު 

  • މުހައްމަދު މަނިކު 

  • އިފްނާޒް ފިރާގް 

  • ރަޝްފާ ފާރޫގް

  • ތާތި އާދަމް

އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ސީރީޒަކީ 'އެއްކާފް'ގެ ޕްރޮޑަކްޝަނެކެވެ. ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހުމަދު ޒަރީރެވެ.

މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެ އެވެ. އެމްއެސް ގްލޯބަލް އާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބަލާލެވޭނެ އެވެ.

ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ.އަށް ނަގާލުމުން ބަލާލެވޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ.ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް