'އިމްތިހާން' ސީރީޒްގެ ޕޯސްޓަރެއް.

މީޑިއާނެޓް

ވީޑިއޯކްލަބުގެ އާ ސީރީޒް 'އިމްތިހާން'ގެ ޓީޒާ ދައްކާލައިފި

މި ސީރީޒްގައި ޖުމްލަ 10 އެޕިސޯޑު ހިމެނެ؛ މި ސީރީޒްގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ވީޑިއޯކްލަބުން ބުނޭ
16 މާރިޗު 2025

މީޑިއާނެޓުގެ ސްޓްރީމިން ޕްލެޓްފޯމު، ވީޑިއޯކްލަބުން އާ ސީރީޒެއް ކަމަށްވާ 'އިމްތިހާން' ނެރެން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހު 10ގައި ނެރޭ 'އިމްތިހާން' ސީރީޒްގެ ޓީޒާ މިއަދު ވަނީ ވީޑިއޯކްލަބްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ބެލުންތެރިންނާ ހަމައަށް ދައްކާލާފަ އެވެ.

ފެމިލީ ޑްރާމާ ޖޮންރާގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒަކީ ހުނަރުވެރި އެކްޓަރު އަދި ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރި އަބްދުﷲ މުއާޒު (މުއާ)ގެ ޑައިރެކްޝަނެކެވެ.

މި ސީރީޒްގައި ދައްކުވައިދޭނީ އަފާ އަދި މިރުފާންގެ ވާހަކަ އެވެ. ކުޑައިރުއްސުރެ ގާތް މި ދެ ރަހުމަތްތެރިން ލޯބީގެ ގޮތުން ގުޅި، ސިއްރިޔާތުގައި ކައިވެނިކޮށް، ދަރިފުޅާ އެކު ހޭދަކުރާ ދުވަސްތަކުގައި ދިމާވާ އެކިއެކި ހާދިސާތައް މި ސީރީޒްގައި ފެނިގެންދާނެ އެވެ. ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ބޮޑުވެ، އަފާގެ ދިރިއުޅުން މާލެ ބަދަލުކުރަން ޖެހުމާއި ދެ މީހުންގެ އަންހެން ދަރިފުޅުގެ ބަލިހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކިއެކި ކަންކަން ވެސް ފެނިގެންދާނެ އެވެ.

މި ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދާނީ:

  • އަފާގެ ރޯލުން މަގްބޫލު ފިލްމީ ތަރި މަރިޔަމް ޝީފާ 

  • މިރުފާންގެ ރޯލުން ފިލްމީ ދާއިރާގައި މަގްބޫލު ތަރި އަހްމަދު އަޒްމީލް (އަޒޭ) 

  • މި ސީރީޒްގެ އެހެނިހެން ރޯލުތަކުން ޓިކްޓޮކްގައި ގިނަ ދިވެހިންގެ މަގްބޫލުކަން ހޯދި ތަރި މުހައްމަދު އިޝްފާން، ޝަހީދާ އަހުމަދު (ޑޯރާ) އަދި އައިޝަތް ލައިޝާ ލަތީފް ފެންނާނެ

މި ސީރީޒްގައި ޖުމްލަ 10 އެޕިސޯޑު ހިމެނޭނެ އެވެ. މި ސީރީޒްގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ވީޑިއޯކްލަބުން ބުންޏެވެ.

މީޑިއާނެޓުގެ ކަސްޓަމަރުންނަށް:

  • އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒް އަދި އެހެނިހެން ދިވެހި ސީރީޒްތަކުގެ އެޕިސޯޑުތަކާއި ފިލްމު ބަލާލެވޭނެ 

  • އެމްއެސް ގްލޯބަލާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބަލާލެވޭނެ 

  • ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ.އަށް ނަގާލެވޭނެ؛ ފޯނު މެދުވެރިކޮށް އެންމެ 50ރ.ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް