ދައުރު ރޯދަ ކުއިޒް ޕޭޖު.

ރޯދަ 2025

ދައުރު ކުއިޒްގައި ބައިވެރިވިންތަ؟ އިނާމު ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް

ސުވާލު އަންނާނެ ދާއިރާތަކުގެ ތެރޭގައި އާންމު މައުލޫމާތު، ތާރީހު، އަދި ކުޅިވަރު ހިމެނޭ؛ މި ކުއިޒްގައި ބައިވެރިވެގެން އިނާމު ލިބުމުގެ ފުރުސަތަކާ އެކު އާންމު މައުލޫމާތުގެ މުއްސަނދިކަން ހުރި މިންވަރު ބަލައިލެވޭނެ

'ދައުރު ރޯދަ ކުއިޒް'އަކީ އިނާމު ލިބުމުގެ ފުރުސަތަކާ އެކު އާންމު މައުލޫމާތުގެ މުއްސަނދިކަން ހުރި މިންވަރު ބަލައިލަން ބައިވެރިވެވިދާނެ ހަރަކާތެކެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހަށް ހާއްސަކޮށް 'ދައުރު'ގެ ވެބްސައިޓުގައިވާ 'ރޯދައުފާ ސެކްޝަން' (roadha.dhauru.com)ގައި ހިމެނޭ އެންމެ މުހިންމު އެންމެ ބަޔަކީ މި ކުއިޒް އެވެ. ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭ މި ކުއިޒްގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް އަގުހުރި އިނާމު ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

ދައުރު ރޯދަ ކުއިޒްގައި ބައިވެރިވެގެން އެކި ދާއިރާތަކުން އާންމު މައުލޫމާތު ހުރި މިންވަރު ޓެސްޓުކޮށްލެވިދާނެ އެވެ. ސުވާލު އަންނާނެ ދާއިރާތަކުގެ ތެރޭގައި އާންމު މައުލޫމާތު، ތާރީހު އަދި ކުޅިވަރު ހިމެނެ އެވެ. ރޯދަމަހާ ގުޅޭ ސުވާލުތައް ވެސް ކުއިޒްގައި ހިމެނޭއިރު، ބައެއް ފަހަރު ފޮޓޯ އަރަތެއް ނުވަތަ ފޮޓޯ ސުވާލެއް ވެސް އަތުވެދާނެ އެވެ.

ދައުރު ރޯދަ ކުއިޒް ޕޭޖު.

ދައުރު ރޯދަ ކުއިޒް

  • ކުއިޒް ކުރިއަށްދާނީ 5 އޭޕްރީލްގެ ރޭގަނޑު 11:59ގެ ނިޔަލަށް

  • ނަމާއި ފޯނު ނަންބަރު ޖަހައިގެން ކުއިޒްގައި ބައިވެރިވެވޭނެ

  • ކޮންމެ ބައިވެރިއަކަށް ވެސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކުއިޒްގައި ބައިވެރި ވެވިދާނެ

  • ކުއިޒްގައި މޮޅުވާނީ އެންމެ އަވަހަށް އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކޮށްގެން

  • މާކްސް އެއްވަރުވާ ހާލަތުގައި، އިސްކަންދޭނީ އެންމެ މަދުފަހަރު މަސައްކަތް ކޮށްގެން ޖަވާބު ދިމާކުރާ ބައިވެރިންނަށް

  • ކޮމްޕިއުޓަރު ޕްރޮގްރާމެއް ނުވަތަ ބޮޓްއެއް ބޭނުން ކޮށްގެން ޗީޓްކުރާ ކަމަށް 'ދައުރު'އަށް ފާހަގަކުރެވިއްޖެ ނަމަ އެ ބައިވެރިއެއް ޑިސްކޮލިފައި ކުރުމުގެ އިހްތިޔާރު ލިބިގެންވޭ

ދައުރު ރޯދަ ކުއިޒް 2025

ކުއިޒްގައި ބައިވެރިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ހޯދާ ތިން ބައިވެރިންނަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

  • 1-

    އެއް ވަނައަށް - ބްރަދާ ބްރޭންޑުގެ ލޭޒާ ކުލަ ޕްރިންޓަރެއް، ފަހާފޮއްޓެއް އަދި ލޭބަލް ޕްރިންޓަރެއް (މިއީ ޖުމުލަ 15،000ރ.ގެ އަގުހުރި އިނާމުތަކެއް)

  • 2-

    ދެ ވަނައަށް - ކ. ދިއްފުށި، ސްޓޯން ހޮޓެލްގައި ފުލްބޯޑުކޮށް އެއް ދުވަސް ހޭދަކޮށްލުމުގެ ފުރުސަތާއި 2،000ރ.ގެ ފައިސާގެ އިނާމު

  • 3-

    ތިން ވަނައަށް - ވެލިގާ ހާޑުވެއާއިން ދޭ 2،000ރ.ގެ ވައުޗަރަކާއި 1،500ރ.ގެ ފައިސާގެ އިނާމު

ދައުރު ރޯދަ ކުއިޒް

ކޮމެންޓް (1)

ޢާމިރު ރަޝީދު

13 އޭޕްރީލު 2025
މި ކުއިޒްގެ ނަތީޖާ ފާޅުކުރަނީ ކޮންއިރަކުންތޯ؟
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް