ދެކުނު ކޮރެއާގެ އެންމެ އުއްމީދީ އެއް ބަތަލާގެ ގޮތުގައި ފެނިގެން ދިޔައީ ކިމް ސެ-ރޮން

ދެކުނު އޭޝިއާ

ދެކުނު ކޮރެއާގެ މަޝްހޫރު ބަތަލާ ކިމް ސެ-ރޮން މަރުވެފައި އޮއްވާ ފެނިއްޖެ

ކިމް ސެ-ރޮން މަޝްހޫރުކަން ހޯދީ 2009 ވަނަ އަހަރު ރިލީޒްކުރި "އަ ބްރޭންޑް ނިއު ލައިފް" އިން
17 ފެބްރުއަރީ 2025

ދެކުނު ކޮރެއާގެ ބަތަލާ ކިމް ސެ-ރޮން ކޮރެއާގެ ވެރި ރަށް ސޯލްގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކިމް ސެ-ރޮން،24، މަރުވެފައި އޮއްވައި ފެނިފައިވަނީ އިއްޔެ ހަވީރު ސިއޮންގްސޫ-ޑޮންގް އަވަށުގައި ހުންނަ އޭނާގެ ގެއިން ނެވެ.

އޮފިސަރުން ވިދާޅުވީ އޭނާގެ ހަށިގަނޑުން އެއްވެސް ނޭދެވޭ ކަމެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށާއި މަރުވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.

ކުޑަ އިރުއްސުރެ އެކްޓަރެއްގެ ގޮތުގައި ކެރިއަރު ފެށި ކިމް ފެނިގެން ދިޔައީ ދެކުނު ކޮރެއާގެ އެންމެ އުއްމީދީ ޒުވާން ބަތަލާއެއްގެ ގޮތުގަ އެވެ.

މީގެ 24 އަހަރު ކުރިން 2000 ވަނަ އަހަރު އުފަންވި، ކިމް ސެ-ރޮން މަޝްހޫރުކަން ހޯދީ 2009 ވަނަ އަހަރު ރިލީޒްކުރި "އަ ބްރޭންޑް ނިއު ލައިފް" ފިލްމުންނެވެ.

އޭނާ ވަނީ 2010 ވަނަ އަހަރު ދެކުނު ކޮރެއާއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ދަ މޭން ފްރޮމް ނޯވާ" އާއި 2012ގެ ތުރިލާ "ދަ ނެއިބާ" އިން ވެސް އެވޯޑް ހޯދައިފަ އެވެ.

އޭނާ މަގުބޫލުކަން ހޯދި ފިލްމްތަކުގެ ތެރޭގައި 2014 ވަނަ އަހަރު ރިލީޒްކުރި "އަ ގާލް އެޓް މައި ޑޯ" އާއި 2016 ވަނަ އަހަރު ރިލީޒްކުރި "މިރާ އޮފް ދަ ވިޗް" ފަދަ ޓީވީ ރޯލްތައް ހިމެނެ އެވެ.

އޭނާ 2022 ވަނަ އަހަރު އާންމުންގެ ލޯމަތިން ގެއްލުނީ ބޮއިގެން ކާރު ދުއްވި މައްސަލައަކާ ގުޅިގެންނެވެ. އެކަމުގެ ސަބަބުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު 11،000 ޕައުންޑުން އޭނާ ޖޫރިމަނާ ކުރި އެވެ.

ކިމް އެންމެ ފަހުން ކުޅުނު ރޯލަކީ ނެޓްފްލިކްސްއިން 2023 ވަނަ އަހަރު ގެނެސްދިން ކޮރެއާ ޑްރާމާ "ބްލަޑްހައުންޑްސް" އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް