'ރޯލީމޭ'ގެ އިޝްތިހާރެއް.
މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް 'ރޯލީމޭ'އާ އެކު ލޯބީގެ އާ ސީރީޒެއް
ލޯބީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް 'ރޯލީމޭ' މި މަހުގެ 30 ވަނަ މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ބޮރޯޑްކާސްޓް ކުރަން ފަށާނެ އެވެ.
މި ސީރީޒް ޕްރިމިއަ ކުރާ ދުވަސް އަދި ސީރީޒްގެ ޕޯސްޓަރު ވަނީ މީޑިއާނެޓުގެ ވީޑިއޯކްލަބް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އިއްޔެ ޕޯސްޓުކޮށްފަ އެވެ.
މި ސީރީޒްއަކީ މީޑިއާނެޓް އޮރިޖިނަލްސް ބެނާގެ ދަށުން، ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓެއިންމަންޓާ ގުޅިގެން ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ.
މިއީ މީޑިއާނެޓާއި ޑާކް ރެއިން ގުޅިގެން ތައްޔާރުކުރާ ފުރަތަމަ ސީރީޒް ނުވަތަ ފިލްމެއް ނޫނެވެ. މީގެ ކުރިން އެ ފަރާތުން ވަނީ ދިވެހިންގެ މެދުގައި މަގްބޫލު ފިލްމާއި ސީރީޒް ކަމަށްވާ 'ހިނދުކޮޅެއް' އަދި 'ރޫމީ އާއި ޖަންނަތު' ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.
'ރޯލީމޭ' އަކީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން އޮކްޓޫބަރު މަހު އޮލިމްޕަސް ސްކްރީނުގައި އެޅުވި ހޮރޯ-ކޮމެޑީ ފިލްމު، 'ބިބީ' ލިޔެ، ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ.
މި ސީރީޒްގެ ކާސްޓުންގެ ގޮތުގައި ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގްބޫލު ދިވެހިންގެ ލޯބި ލިބިފައިވާ ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި:
-
ޝަރަފް އަބްދުﷲ
-
މަރިޔަމް މަޖުދާ (މަޖޫ)
-
މޫސާ އަލީފް
-
ނުޒުހަތު ޝުޢައިބު (ނުޒޫ)
-
ރޯނު ހަސަން މަނިކު
-
އައިމިނަތު ނުހާ
-
ޝީލާ ނަޖީބު
މި ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނެ އެވެ.
މީޑިއާނެޓުގެ ވީޑިއޯކްލަބުން ވަނީ މި އަހަރު ރީތި ސީރީޒްތަކަކާއި ފިލްމުތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި:
-
އެރެއަށްފަހު
-
ޝަރުތު
-
ފުރޭތަ
-
ނީނާ
މީގެ އިތުރުން، މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރި ފިލްމު 'ރޮބޯމޭން – ދަ މޫވީ' ވަނީ އޮލިމްޕަސް ސިނަމާގައި ވެސް އަޅުވައި ކުދިބޮޑު ގިނަ ފަރާތްތަކެއްގެ މަގްބޫލުކަން ހޯދާފަ އެވެ. ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން، އިނގިރޭސި، ހިންދީ އަދި ކާޓޫން ފިލްމާއި ސީރީޒްގެ ލައިބްރަރީއެއް ވަނީ ވީޑިއޯކްލަބްގައި ހިމަނާފަ އެވެ.