އެމްއެސްޕީއޭ އިން ބާއްވާ ފެސްޓިވަލްގައި އަޅުވާ 19 ފިލްމުގެ ތެރޭގައި 'ފްރީ ޑެލިވަރީ' ހިމެނޭ.
ފަހުގެ ދިވެހި ފިލްމްތަކާ އެކު އެމްއެސްޕީއޭ ފިލްމް ފެސްޓިވަލް އާދީއްތަ ދުވަހު ފަށަނީ
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސްގެ (އެމްއެސްޕީއޭ)ގެ ފިލްމް ފެސްޓިވަލް ފަހުގެ ދިވެހި ފިލްމްތަކާ އެކު އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ 10 ސްޓޫޑިއޯއަކުން އުފައްދާފައިވާ 19 ފިލްމެއް މި ފެސްޓިވަލްގައި އަޅުވާނެ އެވެ.
އެމްއެސްޕީއޭގެ ރައީސް އަދި މަޝްހޫރު ފިލްމީ ތަރި ދަރާ މުހައްމަދު ރަަޝީދު ވިދާޅުވިގޮތުގައި މިއީ 2018 އިން 2023އަށް އުފައްދައި ފިލްމް އެވޯޑަށް ހުށަހަޅާފައިވާ ފިލްމްތަކެވެ.
"އަޅުގަނޑުމެން ކުރިން މަސައްކަތް ކުރީ 30 ޑިސެމްބަރުގައި އެވޯޑް ނައިޓް ބާއްވަން. އެކަމަކު ދިމާވި ދަތިތަކާ ހެދި މިހާރު އެމްއެސްޕީއޭ ފިލްމް އެވޯޑް ބާއްވާނީ އަންނަ ޖެނުއަރީ މަހު،" އޭނާ ވިދާޅުވި އެވެ.
ފެސްޓިވަލްގެ ޓިކެޓެއްގެ އަގަކީ 50 ރުފިޔާ އެވެ. މުޅި ފެސްޓިވަލްގެ ސީޒަން ޓިކެޓެއް 500 ރުފިޔާއަށް ލިބޭނެ އެވެ.
ފެސްޓިވަލުގައި އަޅުވާ ފިލްމުތަކަކީ:
1. ބީވީމާ
2. ގޮށްރާޅު
3. ނޫންތަ؟
4. ހިނދުކޮޅެއް
5. ބަވަތި
6. ވަކިން ލޯބިން
7. ކާކު
8. ފްރީ ޑެލިވަރީ
9. ނޮވެމްބަރު
10. ނިވައިރޯޅި
11. މާމުއި
12. ކަޅަކި
13. 40 ޕްލަސް
14. ދައުވަތު
15. ހެހެސް
16. ދެވަނަ ސޫރަ
17. ލޯބި ވެވިއްޖެ
18. ޖޯކަރު
19. ނީނާ
މި ފެސްޓިވަލް ކުރިއަށްދާނީ 28 ޑިސެމްބަރާ ހަމައަށެވެ.
ކޮމެންޓް (1)
ހަމްދޫން