ދިވެހި ފިލްމު ސީރީޒް އެރެއަށްފަހުގެ ޕޯސްޓަރެއް
'އެރެއަށްފަހު' މީޑިއާނެޓުގެ ވީޑިއޯކްލަބަށް
މީޑިއާނެޓް އޮރިޖިނަލްސްގެ ދިވެހި ސީރީޒް 'އެރެއަށްފަހު'، މީޑިއާނެޓުގެ ވީޑިއޯކްލަބަށް އިތުރުކޮށްފި އެވެ.
މިއީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓު ކޮށްފައިވާ، 15 އެޕިސޯޑުގެ ސީރީޒްއެކެވެ. މި ސީރީޒް ބިނާކޮށްފައިވަނީ ހުނަރުވެރި ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ މޮޅު ވާހަކައެއްގެ މައްޗަށެވެ.
ޕްލޮޓް
މި ސީރީޒްގައި ދައްކުވައިދެނީ މީހެއްގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި އޭނާގެ އާއިލާއިން ކުރާ މަސައްކަތާއި އެ މަސައްކަތުގެ ތެރެއިން ދިމާވާ އެކިއެކި ހާދިސާތަކެވެ.
މި ސީރީޒްގެ ޑައިރެކްޓަރު ބުނާ ގޮތުގައި، ސަސްޕެންސުން ފުރިގެންވާ މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވެސް ބެލުންތެރިން ޝައުގުވެރިވާ ފަދަ ތަފާތު ހާދިސާތައް އެކުލެވޭނެ އެވެ.
ކާސްޓު
މި ސީރީޒްގެ މައި ރޯލުތަކުން ދިވެހި ފިލްމީ ދާއިރާގެ މަގްބޫލު ގިނަ ތަރިންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ޔޫސުފް ޝަފީއު (ޔޫއްޕެ)
-
އިބްރާހިމް ޖިހާދު (ޖިމީ)
-
އައިމިނަތު ރަޝްފާ (އާޝާ)
-
މަރިޔަމް ޝިފާ
'އެރެއަށްފަހު'ގެ ފުރަތަމަ ދެ އެޕިސޯޑު މީޑިއާނެޓުގެ ވީޑިއޯކްލަބަށް މިއަދު ވަނީ ރިލީޒްކޮށްފަ އެވެ. ފުރަތަމަ އެޕިސޯޑު ހިލޭ ބަލައިލެވޭއިރު، ކުރިއަށް ހުރި އެޕިސޯޑުތައް ބެލޭނީ ވީޑިއޯކްލަބަށް އިސްތިރާކު ދައްކައިގެންނެވެ.
މީޑިއާނެޓް ވީޑިއޯކްލަބް
މިއީ މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑު ހިދުމަތެވެ. މީޑިއާނެޓްގެ އެމްއެސް ޓީވީ އަދި އެމްއެސް ލއަިޓު ހިދުމަތް މެދުވެރިކޮށް ޓީވީއިން އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް މޮބައިލް ޑިވައިސްތަކުން ވީޑިއޯކްލަބްގެ ކޮންޓެންޓް ބަލައިލެވޭނެ އެވެ.
މީޑިއާނެޓްގެ ވެބްސައިޓު މެދުވެރިކޮށް އެމްއެސް ޓީވީ، އެމްއެސް ލައިޓު ނުވަތަ އެމްއެސް ޑިޖިޓަލްއަށް ރެޖިސްޓާކޮށް، ވީޑިއޯކްލަބް ވީޑިއޯކްލަބް ކޮންޓެންޓް ޕެކޭޖު އެކްޓިވޭޓު ކުރެވޭނެ އެވެ.