އާދީއްތަ ދުވަހުގެ ރޭ ގުޖުރާތުގައި ބޭއްވި ފިލްމްފެއާ އެވޯޑްސް ހަފްލާގައި އާލިއާ ބަޓް (ކ) އާއި ފިރިމީހާ ރަންބީރު ކަޕޫރު ބައިވެރިވަނީ

ބޮލީވުޑް

ފިލްމްފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުންނަކީ އާލިއާ އާއި ރަންބީރު

އެންމެ މޮޅު ފިލްމަކަށް ހޮވުނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވެސް ގެންދިޔަ 'ޓުވެލްފްތު ފެއިލް'
30 ޖެނުއަރީ 2024

ހުސްވި ހަފްތާބަންދުގައި ބޭއްވި 69 ވަނަ ފިލްމްފެއާ އެވޯޑްސް ހަފްލާއާ އެކު، ބޮލީވުޑްގެ އެވޯޑް މޫސުން ފެށުނީ އެވެ.

ގުޖުރާތުގެ ގާނދީނަގަރުގައި އާދީއްތަ ދުވަހުގެ ރޭ އޮތް ހަފްލާގައި އެކްޓިންގެ އެންމެ ޝަރަފްވެރި އެވޯޑުތައް ގެންދިޔައީ ފުންނާބުއުސް ޖޯޑު އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ.

  • އާލިއާ އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވުނީ ކަރަން ޖޯހަރްގެ 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އިން

  • ރަންބީރަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ސަންދީޕް ރެޑީ ވެންގާގެ 'އެނިމަލް' އިން

ލިބުނު އެވޯޑުގެ އަދަދަށް ބަލާއިރު ފިލްމްފެއާ އެވޯޑްސްގެ ކުރި ހޯދީ ހަ އެވޯޑާ އެކު ހަފްލާ ނިންމާލި 'އެނިމަލް' އެވެ. ނަމަވެސް އެންމެ ބޮޑެތި އެވޯޑުތައް ގެންދިޔައީ 'ޓުވެލްފްތު ފެއިލް' އެވެ. 

  • އަހަރުގެ އެންމެ މޮޅު ފިލްމަކީ 'ޓުވެލްފްތު ފެއިލް' އަދި އެންމެ މޮޅު ޑައިރެކްޓަރަކީ އެ ފިލްމުގެ ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްރާ

ކްރިޓިކްސް ކެޓެގަރީން އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ 'ޓުވެލްފްތު ފެއިލް'ގެ ވިކްރަންތު މެސީ އެވެ. 

ކްރިޓިކްސް ކެޓަގަރީން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ދެ ތަރިއަކަށް ލިބުނެވެ. އެއީ ރާނީ މުކަރުޖީ ('މިސިޒް ޗެޓަރްޖީ ވާސަސް ނޯވޭ') އާއި ޝިފާލީ ޝާހު ('ތުރީ އޮފް އަޒް') އެވެ.


އެހެނިހެން އެވޯޑްތަކުގެ ތެރެއިން:

  • އެންމެ މޮޅު ސަޕޯޓިން އެކްޓަރަކީ ވިކީ ކޯޝަލް ('ޑަންކީ')

  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކީ ޝަބާނާ އަޒްމީ ('ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ')

  • އަލަށް ތައާރަފްވި މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔައީ އަދިތުޔާ ރާވަލް ('ފަރާޒް')

  • އަލަށް ތައާރަފްވި މޮޅު އެކްޓްރެސްއަކީ އަލީޒޭ އަގްނިހޯތުރީ ('ފަރޭ')

ކަރަން ޖޯހަރް ހޯސްޓްކުރި ފިލްމްފެއާ އެވޯޑްސް ހަފްލާގައި ކަރީނާ ކަޕޫރު، ކަރިޝްމާ ކަޕޫރު، ވަރުން ދަވަން އަދި ކާރްތިކް އާރްޔަން ފަދަ ތަރިންގެ ހުށަހެޅުންތައް ވެސް ފެނިގެންދިޔަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް