'ގަރީނާ'ގެ ޕޯސްޓަރެއް

'ގަރީނާ'ގެ ސީޒަން ފިނާލޭ މާދަމާ ރޭ

ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ މި ސީރީޒްގެ 12 އެޕިސޯޑަށް ފަހު 13 ވަނަ އެޕިސޯޑުން ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެ
10 ޖެނުއަރީ 2024

މީޑިއާނެޓުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ނެރެމުން އަންނަ ދިވެހި ސީރީޒް 'ގަރީނާ'ގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑް މާދަމާ ރޭ ރިލީޒް ކުރާނެ އެވެ.

އެމްއެސް ވީޑިއޯ ކްލަބުން ސްޓްރީމު ކުރެވޭ 'ގަރީނާ' އިން ފެންނަނީ ކާމިޔާބު ނޫސްވެރިޔެއްގެ ތަޖުރިބާތަކެކެވެ.

ރާއްޖޭގެ ރަށެއްގައި 5 އަހަރުގެ ކުޑަކުއްޖަކު މަރާލި ހަބަރު ގެނެސްދިނުމަށް ތަހުގީގީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ޝިމްލާ އެ ރަށަށް ކުރާ ދަތުރުގައި ދިމާވާ ތަފާތު ހާދިސާތަކާއި އުފެދޭ ނުތަނަވަސްކަމާއި ސުވާލުތަކަށް ޖަވާބުތައް ހޯދުމަށް އެ ރަށުގެ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު ރިލްވާންއާ އެކު ކުރާ މަސައްކަތް މި ސީރީޒްގައި ފެނިގެންދެ އެވެ.

ހާއްސަ އިވެންޓެއްގައި އޮލިމްޕަހުގެ ބޮޑު ސްކްރީނުގައި ޕްރިމިއާ ކުރި މީޑިއާނެޓުގެ އޮރިޖިނަލް މި ސީރީޒް ޕްރޮޑިއުސް ކުރަނީ އެއްކާފް އިންނެވެ. ޑައިރެކްޓަރަކީ މުހައްމަދު ފައިސަލް އެވެ.

'ގަރީނާ'ގެ ތަރިންނަކީ:

  •  މަރިޔަމް މަޖުދާ

  • މުހައްމަދު ފައިސަލް

  • އަލީ ފާރޫގް  

  •  އައިޝާ އަލީ

  •  ޝާރިފް 

  • އަންޝާމް މުހައްމަދު 

ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ މި ސީރީޒްގެ 12 އެޕިސޯޑް މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ. ތޭރަވަނަ އެޕިސޯޑުން ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެ އެވެ.

ޝިމްލާއަށް ތަހުގީގުގައި ކުރިއެރުމެއް އަނެއްކާވެސް ލިބުނުހެން ހީވި ނަމަވެސް، ނުތަނަވަސްކަމެއް ހުރުމުން، އަނެއްކާވެސް ލޮނަދޫއަށް ދަތުރުކުރެ އެވެ. މި ދަތުރުގައި ފާޅުވާ ހައިރާންކުރަނިވި ހަގީގަތްތަކެއް ފަހު އެޕިސޯޑުގައި ހާމަވެގެންދާނެ އެވެ.

މީޑިއާނެޓުން ބުނިގޮތުގައި:

  • މި ސީރީޒްގެ ފުރަތަމަ ސީޒަންގެ ހުރިހާ އެޕިސޯޑެއް މީޑިއާނެޓުގެ އެމްއެސް ޓީވީ، އެމްއެސް ލައިޓް، އެމްއެސް ޑިޖިޓަލް އަދި އެމްއެސް ގްލޯބަލް ހިދުމަތް ބޭނުންކުރާ މީހުންނަށް ޓީވީ، ޓެބްލެޓް އަދި މޯބައިލް ފޯނުގެ ޒަރިއްޔާއިން ބެލޭނެ

  • މި ހިދުމަތްތައް ބޭނުންކުރާ މީހުންނަށް އެއްވެސް ސަބްސްކްރިޕްޝަނަކާ ނުލާ 'ގަރީނާ'ގެ ފުރަތަމަ ދެ އެޕިސޯޑު ހިލޭ ބެެލޭނެ

މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތް އަންނަނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.

'ގަރީނާ'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް