މީޑިއާނެޓުގެ 'ގާލްފްރެންޑްސް'ގެ ދެ ވަނަ ސީޒަންގެ ޕޯސްޓަރެއް.

މީޑިއާނެޓް

'ގާލްފްރެންޑްސް'ގެ ދެވަނަ ސީޒަން މީޑިއާނެޓުގެ ވީޑިއޯކްލަބަށް

ދެ ވަނަ ސީޒަން ބެލުމުގެ ކުރިން ސީޒަން އެކެއްގެ އެޕިސޯޑުތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ހުރިހާ އެޕިސޯޑެއް ހިލޭ ބެލޭނެ
21 ޑިސެމްބަރު 2023

ދިވެހިންގެ މަގްބޫލުކަން ހޯދި ސީރީޒް 'ގާރްލްފްރެންޑްސް'ގެ ދެ ވަނަ ސީޒަން މީޑިއާނެޓުގެ އެމްއެސް ވީޑިއޯކްލަބް ޕްލެޓްފޯމުގައި ރިލީޒްކޮށްފި އެވެ.

ޒުވާން އަންހެން ރަހުމަތްތެރިންގެ މެދުގައި ހިނގާ ތަފާތު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާފައިވާ ސީރީޒްއެކެވެ.

ގާލްފްރެންޑްސްގެ ދެ ވަނަ ސީޒަންގައި ފެނިގެންދާނީ ސީރީޒްގެ މައިގަނޑު ތިން ތަރިންގެ ކޮންމެ ދުވަހެއްގެ ތަޖުރިބާތަކާއި ހަޔާތުގައި ކުރިމަތިވެފައި ހުރި އަނދިރި ކަންކަމުން އަރައިގަންނަން ކުރާ މަސައްކަތެވެ. ޒިލާ، ޝަމްލާ އަދި ފިރުޝާންގެ ހަޔާތުގައި ހިނގާ އެކިއެކި ތަކްލީފަތަކާއި އެކަންކަމާއި ކުރިމަތިލުމަށް ކުރާ ކަންކަން މި ސީޒަނުން ވެސް ފެނިގެންދާނެ އެވެ.

މި ސީރީޒްގެ ސީޒަން ދޭއްގައި ވެސް ފުރަތަމަ ސީޒަނުން ގިނަ ބައެއްގެ ލޯބި ހާސިލްކުރި އެކްޓްރެސް މައިހާ އާދަމްގެ އިތުރުން އަރަމުން އަންނަ ފިލްމީ ތަރިން ކަމުގައިވާ އައިޝާ އަލީ އަދި އަހުމަދު ޝާރިފް މައި ރޯލުތަކުން ފެނިގެންދާނެ އެވެ.

ދެ ވަނަ ސީޒަން ބެލުމުގެ ކުރިން ސީޒަން އެކެއްގެ އެޕިސޯޑުތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ހުރިހާ އެޕިސޯޑެއް ހިލޭ ބެލޭނެ އެވެ.

'ގާލްފްރެންޑްސް' ދެ ވަނަ ސީޒަން ޓީވީ އަދި ފޯނުން ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

މި މަހުގެ 26ގެ ނިޔަލަށް ވީޑިއޯކްލަބްގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްދާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން:

  • ޓީވީ ސްކްރީންތަކުން ވީޑިއޯ ކްލަބް ހިދުމަތް ހޯދުމަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ދުނިޔޭގެ މަގްބޫލު ފަރުތުވެރިކަމުގެ މަންޒިލެއްކަމުގައިވާ އިންޑޮނޭޝިއާގެ ބާލީއަށް ފަސް ރެ އާއި ހަ ދުވަހުގެ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައި 

  • މި އިނާމުގެ ތެރޭގައި ދެ މީހަކަށް ބާލީ ދެކޮޅު ޓިކެޓް، ހުރުމާއި ކެއުން އަދި ބާލީ ޓުއަ ޕެކޭޖެއް ވަނީ ހިމަނާފައި

އެމް އޮރިޖިނަލްސް ބެނާގެ ދަށުން މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތުން އަންނަނީ ތަފާތު ދިވެހި އުފެއްދުންތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. އޭގެ ތެރޭގައި، 'މަރިޔަމް' އަދި 'ހިނދުކޮޅެއް' ފާހަގަކޮށްލެވެ އެވެ.

ދިވެހި އަމިއްލަ އުފެއްދުންތަކުގެ އިތުރުން ޒީ5 އޮރިޖިނަލްސްގެ މަގްބޫލު ބޮލީވުޑް ސީރީޒްތަކާއި އިނގިރޭސި، ހިންދީ އަދި އެހެން ބަސްތަކުގެ ފިލްމުތަކާއި ސީރީޒް ވެސް ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް