'ޤަރީނާ' ސިލްސިލާގެ މައި އެއް ރޯލުގައި އުޅޭ މަރިޔަމް މަޖުދާ

އެއްކާފް

'ޤަރީނާ'ގެ ފުރަތަމަ ސީޒަންގެ ދެވަނަ ޕާޓު މާދަމާ ނެރެނީ

ކުޑަކުއްޖެއްގެ މަރުގެ މައްޗަށް ބިނާކޮށްފައިވާ ސިލްސިލާގެ ފުރަތަމަ ސީޒަންހެ ފުރަތަމަ ޕާޓްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު
6 ޑިސެމްބަރު 2023

އެއްކާފްގެ ތުރިލާ ސިލްސިލާ 'ޤަރީނާ'ގެ ވާހަކަ ޓުވިސްޓުވަމުން ގޮސް، އެ މުޅި ސިލްސިލާ ދައުރުވާ، ފަސް އަހަރުގެ ކުޑަކުއްޖާ، އީނާގެ ގާތިލަކީ ކޮބައިކަމާ މެދު ސަތޭކަ ސުވާލު އެބަ އޮތެވެ. އޮލިމްޕަސް ސިނަމާގައި 4 އޮކްޓޯބަރުގައި ޕްރިމިއާ ކުރި ޤަރީނާއަކީ، މުހައްމަދު ފައިސަލް ޑައިރެކްޓުކޮށް، އެއްކާފްގެ އަހުމަދު ޒަރީރު ލިޔެފައިވާ، ހަގީގަތުގައި ވެސް ސަސްޕެންސް ގަދަ ސިލްސިލާއެކެވެ. 

'ޤަރީނާ'ގެ ޑައިރެކްޓަރު މުހައްމަދު ފައިސަލް ކުޅެނީ އިންވެސްޓިގޭޓިން އޮފިސަރު ރިލްވާންގެ ރޯލު
'ޤަރީނާ' ސިލްސިލާގައި މަރިޔަމް މަޖުދާއަކީ ނޫސްވެރިއެއް

މަރިޔަމް މަޖުދާ އާއި މުހައްމަދު ފައިސަލް ލީޑު ރޯލުތަކުން ފެންނަ ސިލްސިލާގެ ފުރަތަމަ ސީޒަން ނިންމާލީ ބެލުންތެރިން އެއްކޮށް 'ވާނުވާ ކޮށްލާފަ' އެވެ. ދެން ވާނީ ކިހިނެއް ކަމާ މެދު އާއި އީނާގެ ގާތިލަކީ ކާކުކަމާ މެދު އެތައް ސުވާލެއް އުފައްދައިފަ އެވެ. 

ޤަރީނާ ސިލްސިލާގައި ހުސްނީގެ ކެރެކްޓާ ކުޅޭ ރަބިއުލް

ސިލްސިލާ ފެށި އިރު އެހާ ބޮޑު ރޯލެއް ނެތްކަމަށް ހީވި އަންޝާމް މުހައްމަދުގެ އަސްލު އެކްޓިން ފެނުނީ، ފުރަތަމަ ސީޒަން ޕާޓް އެކެއްގެ ފަހުގެ އެޕިސޯޑުތަކުންނެވެ. އޭނާ ކުޅޭ ކެރެކްޓާ ސަނާގެ އަސްލު ކުލަވަރު ދައްކާލިއިރު ދިޔައީ ކުޑަކޮށް އަންތަރީސް ވެގެންނެވެ. އޭނާގެ އެކްޓިން ވަރަށް މޮޅެވެ. މޫނު މައްޗަށް އަރަން ޖެހޭ ސިފަތަކާއި އެކި އިހުސާސްތައް ދައްކާލި ގޮތް ކަމުދިޔަ އެވެ. ދެވަނަ ޕާޓުގައި އޭނާގެ އެކްޓިން ބަލައިލުމުގެ ޝައުގުވެރިކަން އުފެދެ އެވެ.

އަންޝާމް މުހައްމަދު: ސަނާގެ ކެރެކްޓާ ކުޅެމުން އަންނަނީ ވަރަށް މޮޅަށް
'ޤަރީނާ' ސިލްސިލާގެ ތެރެއިން އަލީ ފާރޫގް: އޭނާ ކުޅެނީ މަރުވެފައި އޮއްވާ ފެނުނު ކުއްޖާ ބަލަމުން އައި މީހެއްގެ ރޯލު

 މީޑިއާނެޓް ވީޑިއޯ ކްލަބްގައި މާދަމާ ނެރޭ ގަރީނާގެ ދެވަނަ ޕާޓުން ކުޑަކޮށް ސާފުވާނެ ކަމަށް އުއްމީދުކުރެވެ އެވެ.

މި ޝޯގެ ބެލުންތެރިންގެ ބޮލުގައި އުފެދިފައި އޮތް އެތައް ސުވާލެއްގެ ޖަވާބު ކުރިއަށް ހުރި އެޕިސޯޑުތަކުން ލިބުން ކައިރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް