'ފަލަސްތީނާއިއެކު ފަންނާނުން': ބައިސްކޯފުން އިސްނަގައިގެން ދިވެހި ފަންނާނުންނާއި އެކު ބާއްވާ ފަންޑްރެއިޒިންގް އިވެންޓު އޮންނާނީ 2 ނޮވެމްބަރު، ބުރާސްފަތި ދުވަހު ރޭ 8:30 އިން 12 ޖަހަންދެން އޮލިމްޕަސް ސިނަމާގައި.

ފަލަސްތީން

ގާޒާއަށް އެހީވާން ބާއްވާ 'ފަލަސްތީނާ އެކު ފަންނާނުން' ޝޯ މާދަމާ ރޭ، ޓިކެޓު 150ރ. އަށް

ބައިސްކޯފުން އިސްނަގައިގެން ދިވެހި އެކި ފަންނާނުންނާ ގުޅިގެން ބާއްވާ ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ގާޒާގެ ރައްޔިތުންނަށް
1 ނޮވެމްބަރު 2023

ބައިސްކޯފުން އިސްނަގައިގެން ދިވެހި އެކި ފަންނާނުންނާ ގުޅިގެން މާދަމާ ރޭ އޮލިމްޕަހުގައި ބާއްވާ އިވެންޓުގެ ޓިކެޓު 150 ރުފިޔާއަށް ވިއްކަން ފަށައިފި އެވެ. 

މި ޝޯ ކުރިއަށް ދާނީ މާދަމާ ރޭ 8:30 އިން 12 އަށެވެ. ޝޯގައި 30އަށް ވުރެ ގިނަ ފަންނާނުންގެ ހުނަރު ފެންނާނެ އެވެ.

ފަލަސްތީނަށް އެހީވާން ދުނިޔޭގެ އެކި ކަންކޮޅުތަކުން، ފައިސާ ހަދިޔާ ކުރުމާއި އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާ ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ.

ގާޒާގައި ހާލުގައި ޖެހިފައި ތިބި އެތައް މިލިއަން ރައްޔިތުންނަށް ފައިސާ ހަދިޔާކުރުމުގެ ހަރަކާތްތައް ރާއްޖޭގައި ވެސް އެބަ ކުރިއަށް ދެ އެވެ. އެގޮތުން، މިހާރު ވެސް އެހީ ޖަމިއްޔާ އައިއޭސީ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން 23 މިލިއަން ރުފިޔާ އާއި 13،000 ޑޮލަރު ވަނީ ހަދިޔާކޮށްފަ އެވެ.

ބައިސްކޯފުން ބާއްވާ 'ފަލަސްތީނާ އެކު ފަންނާނުން' އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ރާއްޖޭގެ ރެޑް ކްރެސެންޓް ފަންޑު މެދުވެރިކޮށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ފަންޑަށެވެ. އެ އިވެންޓުން ލިބޭ އެއްވެސް ފައިސާއެއް އިވެންޓުގައި ބައިވެރިވާ އެއްވެސް ފަންނާނަކަށް ނުވަތަ އިންތިޒާމްކުރާ ފަރާތްތަކަށް ނުލިބޭނެ އެވެ.

އިވެންޓުގެ ބައެއް ސްޕޮންސަރުން ވަނީ ޓިކެޓު ވިއްކައިގެން ލިބޭ ޖުމްލަ އަގާ އެއްވަަރުގެ އަދަދެއް ދޭނެ ކަމަށް ބުނެފަ އެވެ. 

'ފަލަސްތީނާ އެކު ފަންނާނުން' އިވެންޓުގައި 30 އަށް ވުރެ ގިނަ ފަންނާނުންގެ ހަރަކާތް ފެންނާނެ 

ގާޒާއަށް އިޒްރޭލުން ދެމުން ދާ ހަމަލާތަކުގައި މިހާތަނަށް 8،500 އަށް ވުރެން ގިނަ މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި 3،200 އަށް ވުރެން ގިނަ ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުން ދަނީ ގަސްތުގައި ގާޒާގެ ރެފިއުޖީ ކޭޭމްޕުތަކަށާއި ހޮސްޕިޓަލްތަކަށް ވެސް އަމާޒުކޮށް ހަމަލާ ދެމުންނެވެ. 

'ފަލަސްތީނާ އެކު ފަންނާނުން' އިވެންޓުގެ ޓިކެޓު ގަންނަން ބޭނުންވާ މީހުން ހަސަން އާދަމް، 9758808 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް ބައިސްކޯފުން ބުންޏެވެ. އޭގެ އިތުރުން ޓިކެޓް ގަންނަން ލިބެން ހުންނާނީ:

  • އަސްޓް ކެފޭ، އާ ބުރުޒު ހިނގުން

  • ބްރިސްޓާ ކޮފީ ހައުސް، ވައިޖެހޭ މަގު، ހެންވޭރު

  • ދަ 1981 އެމްވީ، ހުޅުމާލެ

  • ޖޭޒް ކެފޭ، ހަވީީރީ ހިނގުން، މާފަންނު

މޯލްޑިވްސް ރެޑް ކްރެސެންޓްގެ އެކައުންޓަށް ފައިސާ ހަދިޔާކުރުމުގެ އިހުތިޔާރު ވެސް އެބަ އޮތެވެ. ތިރީގައި އެވަނީ އެމްއާރުސީގެ އެކައުންޓް ތަފުސީލެވެ.

ބައިސްކޯފުން ބާއްވާ އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ފޮނުވާނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) މެދުވެރިކޮށް ފަލަސްތީނު ރެޑް ކްރެސެންޓަށް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް