ޓޭލާގެ އޭރާސް ޓުއާގެ ކޮންސާޓް ފިލްމް ނެރެން ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހު

ޓޭލާ ސްވިފްޓް

ޓޭލާ ސްވިފްޓްގެ 'އޭރާސް' ޓުއާ ފިލްމުގެ އެޑްވާންސް ޓިކެޓް ވިއްކައިގެން މިހާތަނަށް 100 މިލިއަން ޑޮލަރު

ލަވަކިޔުންތެރިޔާގެ ޓްއާއަކީ މިހާތަނަށް ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ޝޯތައް ކަމަށް ވެސް ވަނީ ލަފާކޮށްފައި
6 އޮކްޓޯބަރު 2023

މުހިންމު ނުކުތާތައް

މި އަހަރުގެ މާޗު މަހު ފެށި ޓްއާ 23 ނޮވެމްބަރު 2024ގެ ނިޔަލަށް ކުރިއަށް ދާނެ

ރާއްޖެއާ އެންމެ ކައިރި ގައުމަކަށް އެ ޓުއާގައި ޝޯ ދޭނީ ސިންގަޕޯރުގައި

ކުރިން ކޮންސާޓް ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2011ގައި ޖަސްޓިން ބީބާގެ 'ނެވާ ސޭ ނެވާ' އަށް

ޓޭލާ ސްވިފްޓުގެ އޭރާސް ޓުއާއާ ބެހޭ ގޮތުން ހެދި ފިލްމު އެޅުވުމުގެ ކުރިން މިހާރު ވެސް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިއްޖެ އެވެ. މިއީ ކޮންސާޓް ފިލްމަކަށް ބަލާއިރު ރެކޯޑް އަދަދެކެވެ.

އޭރާސް ޓުއާއާ ބެހޭ މި ފިލްމު ނެރޭނީ މި މަހު 13ގަ އެވެ. ފިލްމުގެ ޑިސްޓްރިބިއުޓަރު އޭއެމްސީއިން ބުނާ ގޮތުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ފިލްމުގެ އެޑްވާންސް ޓިކެޓަށް ލިބުނު އާމްދަނީ 100 މިލިއަން ޑޮލަރު ވަނީ ހުރަސްކޮށްފަ އެވެ.

ފިލްމު ނެރެން ހަފްތާއަކަށް ވެފައި ވަނިކޮށް ފިލްމުގެ އެޑްވާންސް ޓިކެޓް ސޭލްސް 100 މިލިއަން ޑޮލަރަށް އަރާ

 ފިލްމު އިއުލާންކުރި ވަގުތުން ފެށިގެން އެއަށް އޮތް ޑިމާންޑް ހައިރާންވާހާ ބޮޑު ކަމަށް ވެސް އޭއެމްސީއިން ބުންޏެވެ.

ޖަސްޓިން ބީބާގެ 'ނެވާ ސޭ ނެވާ' އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކޮަންސާޓް ފިލްމެވެ. މީގެ 10 އަހަރު ކުރިން 2011ގައި ނެރުނު އެ ފިލްމަށް 99 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. 

އެޑްވާންސް ޓިކެޓްގެ އިތުރުން ނޯތު އެމެރިކާގައި ފިލްމު އަޅުވައިގެން ފުރަތަމަ ހަފުތާ ބަންދުގައި ވެސް 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް، ތަޖުރިބާކާރުން ލަފާކުރެ އެވެ. 

ނޯތު އެމެރިކާގައި ފިލްމެއް އަޅުވާ ފުރަތަމަ ހަފުތާ ބަންދުގައި މި އަހަރު 100 މިލިއަން ޑޮލަރު ހޯދިި ފިލްމުތަކަކީ؛

  • 1-

    ބާބީ

  • 2-

    ދަ ސުޕާ މާރިއޯ ބްރޯސް

  • 3-

    ސްޕައިޑާ މޭން: އެކްރޮސް ދަ ސްޕައިޑާ ވާސް

އޭރާސް ޓުއާ ނިންމާނީ 23 ނޮވެމްބަރު 2024ގަ އެވެ. ރާއްޖެއާ އެންމެ ކައިރި ގައުމެއްގައި އޭގެ ޝޯއެއް އޮންނާނީ ސިންގަޕޫރުގަ އެވެ.

ސްޓޭޑިއަމްތަކުގައި ބާއްވާ ޝޯތަކުގެ ޓިކެޓް ވިއްކައިގެން 1.4 ބިލިއަން ޑޮލަރު (21 ބިލިއަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. މިއީ އިނގިރޭސި ލަވަކިޔުންތެރިޔާ އެލްޓަން ޖޯންގެ ވަދާއީ ދަތުރު 'ފެއާވެލް ޓުއާ'އަށް ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް