ޓޭލާ ސްވިފްޓް: އޭނާގެ މިފަހަރުގެ ޝޯތަކަކީ މިހާތަނަށް ފެނުނު އެންމެ އަގުބޮޑު އަދި ޓެކްނިކަލީ އުނދަގޫ މަސައްކަތެއް

މިއުޒިކް

ޓޭލާ ސްވިފްޓް އެރާސް ޓުއާގައި ސިންގަޕޫރަށް

މި ދަތުރުގައި އޭނާގެ މުޅި މިޔުޒިކީ ހަޔާތް ދައްކުވައިދޭ ފަދަ ހުށައެޅުންތަކެއް ހިމެނޭ

މަޝްހޫރު ޕޮޕް ތަރި ޓޭލާ ސްވިފްޓްގެ މުޅި މިއުޒިކީ ހަޔާތް ޖުމްލަކޮށް ހުށަހަޅައިދޭ އެރާސް ޓުއާގައި ރާއްޖެ ކައިރި ގައުމުތަކުގެ ތެރެއިން އަންނަނީ ސިންގަޕޫރަށެވެ.

ޓޭލާ ސްވިފްޓްގެ މިއުޒިކީ ހަޔާތުގެ ހަވަނަ ޓުއާ 'އެރާސް' 17 މާޗް 2023 ގައި ވަނީ ފަށައިފަ އެވެ. ނިންމާލަނީ 17 އޮގަސްޓް 2024 ގަ އެވެ.

މި ޓުއާގެ ސަބަބުން އޭނާއަށް ބޮޑު ތަރުހީބެއް ލިބުމުގެ އިތުރުން، އެކި ދިމަދިމާލުން ފާޑުކިޔުން ވެސް އަމާޒުވި އެވެ. ބައެއް ގައުމުތަކުގައި އެ ޓުއާއާ ގުޅިގެން އިގްތިސާދީ ފައިދާތަކެއް ވި އިރު، އަނެއް ބައި ގައުމުތަކުގައި ބާއްވަން އުޅުނު ޝޯތައް ކެންސަލް ކުރަން ވެސް ޖެހުނެވެ. 

އެރިޒޯނާގެ ގްެލެންޑޭލް އިން ފެށި އެރާސް ޓުއާއަކީ ޓޭލާގެ މުޅި މިއުޒިކީ ހަޔާތް ޖުމްލަކޮށް ހުށަހަޅައިދޭ ޓުއާއެކެވެ. ކޮންމެ ޝޯއެއް ތިން ގަޑިއިރު ވަންެދެން ކުރިއަށް ދާއިރު، ވަކި 10 އެކްޓެއް މެދުވެރިކޮށް 44 ލަވަ އޭނާ ހުށަހަޅަ އެވެ. މި ޓުއާގެ ޝޯތައް ބިނާކޮށްފައިވާ ކޮންސެޕްޓާއި އޭގެ އުފެއްދުމުގެ ފުރިހަމަކަމުން ގިނަ ފާޑުކިޔުންތެރިންގެ ތަރުހީބު ވެސް ލިބުނެވެ.

ޕޮޕް ކަލްޗާއަށް ޓޭލާ ސްވިފްޓްގެ މިއުޒިކުން ކޮށްފައިވާ ބޮޑު ނުފޫޒުގެ ސަބަބުން، އޭނާގެ ޝޯތަކުގެ ޓިކެޓް ވިކުނުލެއް އަވަސްކަމުން ބައެއް ރިކޯޑްތައް މުގުރާލި އެވެ. ޓިކެޓްމާސްޓާއިން ބުނިގޮތުގައި އެމީހުން ތައްޔާރުވީ 1.5 މިލިއަން މީހުންނަށް ޓިކެޓް ވިއްކާށެވެ. އެކަމަކު ޓިކެޓް ގަންނަން ވެބްސައިޓަށް 14 މިލިއަން މީހުން ޒިޔާރަތްކުރި އެވެ. މިކަމާ ގުޅިގެން ޓޭލާއަށް ފާޑުކިޔުން އަމާޒުވި އެވެ.

މި ޝޯތަކުގެ އާދައިގެ ޓިކެޓެއް 49-449 ޑޮލަރާ ދެމެދުގެ އަގެއްގައި އުޅޭއިރު، ވީއައިޕީ ޓިކެޓުގެ އަގު ހުރީ 199 ޑޮލަރުން ފެށިގެން 899 ޑޮލަރާ ހަމައަށެވެ.

ސިންގަޕޫރުގައި ބާއްވާ ޝޯގެ ޓިކެޓް ވިއްކަން ފަށާނީ އަންނަ ހުކުރުދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް