ރަޖިނީކާންތު މިއަދު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި

ރަޖިނީކާންތު

ރަޖިނީކާންތު ރާއްޖެ އަތުވެއްޖެ

އޭނާ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައި

އިންޑިއާގެ ދެކުނު ސިނަމާގެ ރަސްގެފާނު ރަޖިނީކާންތު ޗުއްޓީއަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ތަމަޅަ އެކްޓަރު ރާއްޖެ އައިކަން ސްރީލަންކަން އެއާލައިންސް އިން މިއަދު ވަނީ ހާމަކޮށްފަ އެވެ. އޭނާ ރާއްޖެ އައީ އެ އެއާލައިންގެ ބޯޓަކުން، އިންޑިއާގެ ޗެންނާއީ އިންނެވެ.

އެ އެއާލައިނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ރަޖިނީކާންތު އެކަނި ރާއްޖެ އައި ތަނެވެ.

އޭނާ ރާއްޖޭގައި މަޑުކުރަނީ ކިތައް ދުވަހު ކަމެއް އަދި ޗުއްޓީ ހޭދަކުރާ ރިސޯޓެއް އަދި އެނގިފައެއް ނުވެ އެވެ.

އުމުރުން 72 އަހަރުގެ ރަޖިނީކާންތަކީ ބައިނަލްއަގްވާމީ ގޮތުން ވެސް ގިނަ ބަޔަކު ދަންނަ އެކްޓަރެކެވެ. އިންޑިއާގައި ދެވަނައެއް ނުވާ ފަދަ ތަރި މިހާތަނަށް 160 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް