އާލިއާ ބަޓް އާއި ރަންވީރް ސިންގް 'ރޮކީ އޯރާ ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޕޯސްޓަރެއްގައި އަދި އެ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރް

ބޮލީވުޑް

ރަންވީރުގެ އުފަންދުވަހު 'ރޮކީ އޯރް ރާނީ'ގެ ބީޓީއެސް ފޮޓޯތަކެއް

ރަންވީރުގެ 38 ވަނަ އުފަން ދުވަހަށް ހާއްސަކުރި ޕޯސްޓުގައި ކަރަން ބުނެފައިވަނީ އެއީ 'ރޮކީގެ ދުވަސް' ކަމަށް
7 ޖުލައި 2023

'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޝޫޓިން ތެރެއިން ނަގާފައިވާ އާ ފޮޓޯތަކެއް ކަރަން ޖޯހަރް އާއްމުކޮށްފި އެވެ.

އެ ފިލްމުގެ ބަތަލު ރަންވީރު ސިންގްއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ޑައިރެކްޓަރު ކަރަން އިންސްޓަގްރާމަށް ލީ ފޮޓޯތަކުން ފެންނަނީ އެ ފިލްމުގެ ސެޓުގަ އާއި ކަޝްމީރުގައި ޝޫޓްކުރުމަށް ރަންވީރާއި ކަރަން އެކުގައި އުޅޭ މަންޒަރުތަކެކެވެ. އޭގެ ތެރޭގައި، ފިލްމުގެ ބަތަލާ އާލިއާ ބަޓް ރަންވީރާއި ކަރަންގެ ފޮޓޯއެއް ނަގަން ހުއްޓާ ފެންނަ ފޮޓޯއެއް ވެސް ހިމެނެ އެވެ.

ރަންވީރުގެ 38 ވަނަ އުފަން ދުވަހަށް ހާއްސަކުރި އެ ޕޯސްޓުގައި ކަރަން ބުނެފައިވަނީ އެއީ "ރޮކީގެ ދުވަސް" ކަމަށެވެ. ފިލްމުގައި ރަންވީރުގެ ކެރެކްޓާގެ ނަމަކީ ރޮކީ އެވެ.

ކަރަން އާއްމުކުރި ފޮޓޯތަކުގެ އިތުރުން އަނަންޔާ ޕާންޑޭ ވެސް ވަނީ ރަންވީރަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ދައްކާލައިފަ އެވެ. އޭނާ ރަންވީރާއި ކަރަންއާ އެކު ނަގާފައިވާ އެ ފޮޓޯއާ އެކު، އެ ފިލްމުގައި އޭނާގެ ފެނިލުމެއް ހިމެނޭނެކަން ޔަގީންވީ އެވެ. އަނަންޔާ ފެންނާނެކަމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ފިލްމުގެ ޓްރެއިލާގެ ކުޑަ ތަންކޮޅަކުން އަނަންޔާ ފެންނަކަން ވަނީ ފާހަގަވެފަ އެވެ.

'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އަކީ ޒޯޔާ އަހުތަރްގެ ގަލީ ބޯއި (2019) އަށް ފަހު ރަންވީރާއި އާލިއާ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މި މަހު 28 ގައި ސިނަމާތަކުގައި ދައްކަން ފަށާ މި ފިލްމުން ތަޖުރިބާކާރު ތަރިން ކަމަށްވާ ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީ އަދި ދަރުމެންދުރަ ވެސް ފެންނާނެ އެވެ.

ކަރަން 2016ގެ 'އޭ ދިލް ހެ މުޝްކިލް' އަށް ފަހު ޑައިރެކްޓުކުރާ ފުރަތަމަ ފިލްމުގެ ޓްރެއިލާއާ އެކު، ފިލްމާ މެދު ކުރެވޭ އުއްމީދު ވަނީ ބޮޑުވެފަ އެވެ.

'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް