'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޓީޒާއިން ބައެއް މަންޒަރުތައް

ކަރަން ޖޯހަރު

'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޓީޒާ ނެރެފި

'ގަލީ ބޯއި' އަށް ފަހު އާލިއާ އާއި ރަންވީރު އަނެއްކާވެސް އެކުގައި ފެންނަ މި އާއިލީ ޑްރާމާއަކީ ހަތް އަހަރު ތެރޭ ކަރަން ޖޯހަރް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު
21 ޖޫން 2023

ކަރަން ޖޯހަރްގެ 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޓީޒާ ނެރެ، އާލިއާ ބަޓް އާއި ރަންވީރް ސިންގުގެ ޖޯޑު ލޯތްބާއި އާއިލީ މައްސަލަތަކެއްގެ ތެރޭ އުޅޭ ތަން ދައްކާލައިފި އެވެ.

އާލިއާ އާއި ރަންވީރް ޒޯޔާ އަހްތަރްގެ 'ގަލީ ބޯއި' އިން 2019 ގައި ފެނުމަށް ފަހު އަނެއްކާވެސް އެކުގައި ފެންނާނެ މި ފިލްމަކީ ވަރުގަދަ އާއިލީ ޑްރާމާއަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ހައިބަތު ބޮޑު އާއިލީ ހަފްލާތަކާއި ނެށުންތަކާއި ކޮސްޓިއުމްތައް ފެންނަ ޓީޒާގައި އާލިއާ އާއި ރަންވީރު ވަކިން ސްނޯ އާއި ވާރޭތެރޭ އުޅޭ ލޯބީގެ މަންޒަރުތަކާއި އާއިލާއާ އެކު އެކި މުނާސަބަތުތައް ފާހަގަކުރުމާއި ރުއިމާއި ޒުވާބުކުރުމާއި އާލިއާ ކައިވެންޏަށް ތައްޔާރުވެގެން ހުންނަ ތަން ދައްކާލަ އެވެ.

ފިލްމުގެ އިތުރު ތަރިން ކަމަށްވާ ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީ ވެސް ޓީޒާއިން ފެނެ އެވެ.

'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ ޓީޒާ

'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އަކީ ކަރަން 2016ގެ 'އޭ ދިލް ހެ މުޝްކިލް' އަށް ފަހު ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމު އަންނަ މަހުގެ 28 ގައި ރިލީޒްކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް