'ދި އާޗީސް'ގެ އާ ޕޯސްޓަރުގައި ފިލްމުގެ ތަރިން

ބޮލީވުޑް

'ދި އާޗީސް'ގެ އާ ޕޯސްޓަރާ އެކު 'ކުދިންނަށް' ކަރަންގެ ތައުރީފު

ކަރަން ބުނީ ސުހާނާ އާއި އަގަސްތުޔާ އަދި ހުޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ މި ފިލްމު ޕޮޕް ކަލްޗާގައި ރަސްކަންކުރާނެ ކަމަށް
13 ޖޫން 2023

އާޗީ ކޮމިކްސްގެ އިންޑިއާ އެޑަޕްޓޭޝަނެއްގެ ގޮތުގައި ނެރެން އުޅޭ 'ދި އާޗީސް'ގެ އާ ޕޯސްޓަރެއް އިއްޔެ އާއްމުކުރުމާ އެކު އެ ފިލްމުގެ ތަރިންނަށް ކަރަން ޖޯހަރުގެ ތައުރީފް ލިބިއްޖެ އެވެ.

ބޮލީވުޑްގެ ފުންނާބު އުސް ބައެއް ތަރިންގެ ދަރިން އިންޑަސްޓްރިއަށް ތައާރަފްކުރާ މި ފިލްމުން ޝާހު ރުކް ހާންގެ ދަރިފުޅު ސުހާނާ ހާން، ޝްރީދޭވީ އާއި ބޮނީ ކަޕޫރުގެ ދަރިފުޅު އަދި ޖާންވީ ކަޕޫރުގެ ކޮއްކޮ ހުޝީ ކަޕޫރު އަދި އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންދާ ފެންނާނެ އެވެ.

ކަރަން އިންސްޓަގްރާމް ސްޓޯރީއެއްގައި ބުނީ މިއީ ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. ފިލްމުގެ ޑައިރެކްޓަރު ޒޯޔާ އަހުތަރަށް ތަރުހީބުދެމުން ކަރަން ދެން ތައުރީފުކުރީ ފިލްމުގެ ޒުވާން ތަރިންނަށެވެ. އޭނާ ބުނީ "ކުދިން"ގެ ފެނިލުން ވަރަށް ފުރިހަމަ ކަމަށެވެ. އަގަސްތުޔާ އާއި ސުހާނާ އަކީ އޭނާ އުރައިގެން އުޅެފައިވާ ދެ ކުދިން ކަމަށާއި އެ މީހުން ބޮޑުވިލެއް އަވަސްކަމުން ގަބޫލުކުރަން ވެސް ދަތި ކަމަށް ކަރަން ލިޔެފައިވެ އެވެ.

ފިލްމުން ފެންނަ ހުރިހާ "ކުދިންނަކީ" ވެސް، ކަރަން ބުނިގޮތުގައި، ބޮޑެތި ހުނަރުވެރިންނެވެ. އަދި މިއީ ޕޮޕް ކަލްޗާގައި ރަސްކަންކުރާނެ ފިލްމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

'ދި އާޗީސް'ގެ އާ ޕޯސްޓަރު ނެރުމާ ގުޅިގެން ޝާހު ރުކް ހާން އާއި ޝްވޭތާ ބައްޗަން ވެސް ވަނީ އެ މީހުންގެ ދަރިންނާ މެދު ފަހުވެރިވެ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް