ރަންބީރު ކަޕޫރުގެ ފިލްމު 'އެނިމަލް'ގެ ޕްރީ-ޓީޒާ އިޝްތިހާރުގެ ބައެއް މަންޒަރުތައް

ބޮލީވުޑް

ރަންބީރުގެ 'އެނިމަލް'ގެ ޕްރީ-ޓީޒާ: ކޯރާޑީގެ ތަޅާލުމެއް

މިއީ ރަނގަޅު އެކްޝަން ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރޭ
12 ޖޫން 2023

ރަންބީރު ކަޕޫރާ އެކު އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ރަޝްމިކާ މަންޑަނާ ފެންނާނެ 'އެނިމަލް'ގެ ޕްރީ-ޓީޒާ އިޝްތިހާރެއް ނެރެފި އެވެ.

ފަންސާސް ސިކުންތުގެ އެ ވީޑިއޯގައި ދައްކާލަނީ އެއް ވައްތަރެއްގެ ހެދުން އަޅައި މޫނު ނިވާކޮށްގެން ތިބޭ ބަޔަކާއި ރަންބީރުގެ ކުރިމަތިލުމެކެވެ. އެ ތަޅާލުމުގައި ހަތިޔާރުގެ ގޮތުގައި ކޯރާޑިތަކެއް ބޭނުންކުރެ އެވެ. ރަންބީރު ކޯރާޑިން ހަމަލާދީ ގިނަ ބަޔަކު މަރައި ލޭއޮހޮރުވާ މަންޒަރު ދައްކަ އެވެ. 

އިސްތަށިގަނޑު ދިގުކޮށް ހުރި ރަންބީރުގެ މޫނު ދައްކާލަނީ ހަމައެކަނި އެއް ފަޅިންނެވެ.

ސޯޝަލް މީޑިއާގައި މި އިޝްތިހާރަށް ކޮމެންޓްކުރި ބައެއް މީހުން ބުނިގޮތުގައި މިއީ ރަނގަޅު އެކްޝަން ފިލްމަކަށް ވާނެ ކަމަށް އުއްމީދުކުރެވެ އެވެ.

ސަންދީޕު ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ 'އެނިމަލް' 11 އޮގަސްޓުގައި ސިނަމާތަކުގައި އަޅުވާނެ އެވެ. އެހެންކަމުން ބޮކްސް އޮފީހުގައި އެ ފިލްމު ދާނީ ސަނީ ޑިއޯލްގެ 'ގަދަރް 2' އާއި އަކްޝޭ ކުމާރުގެ 'އޯއެމްޖީ-2' އާއެކު ގަދަ ހިފުމަކަށެވެ.

'އެނިމަލް'ގެ ފަސްޓް ލުކް ޕޯސްޓަރު ކުރިން ނެރުނު އިރު އޭގައި ވެސް ރަންބީރު ހުރީ ލެއާ އެކު، ކޯރާޑިއެއް ހިފައިގެންނެވެ.

'އެނިމަލް'ގެ ޕްރީ-ޓީޒާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް